English Edition
Dhivehi Edition

އައްޑޫސިޓީ ހުޅުމީދޫގައި އުމުރުން 70 އަހަރުގެ މީހެއް ގަޔަށް ވަޅިހަރައި އެމީހާގެ އަތުން ފައިސާ ތަކެއް ފޭރިގެންފި އެވެ.

ފުލުހުންނާ ހަވާލާދީ ވަގުތު ނޫހުގައި ބުނެފައި ވަނީ މިރޭ ހިންގި މި ހާދީސާ ފުލުހުން އެނޫހަށް ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ އައްޑޫ ސިޓީގައި އުމުރުން ދުވަސްވީ މީހަކަށް ވަޅިން ބިރުދައްކާ އަނިޔާ ކުރުމަށް ފަހު އެމީހާގެ އަތުން ފޭރިގެންފައިވާ މައްސަލައެއް މިރޭ 21:30 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިހާދިސާގައި އަނިޔާ ލިބުނު މީހާ އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށާއި މި މައްސަލައާއި ގުޅިގެން އިތުރު މައުލޫމާތު ލިބުނު ހާވަރަކަށް ހިއްސާ ކުރަށްވާނޭ ކަމަށެވެ.

އެނގިފައިވާ ގޮތުގައި 70 އަހަރުގެ އެ މީހާއަކީ އަންހެނެއް، އަދި އޭނާ އުޅެނީ އެކަނި ކަމަށް އެރަށުގެ ބައެއް މީހުން ބުނެއެވެ. އަދި މިރޭ އޭނާއަށް ވަޅިން ހަމަލާދީފައި ވަނީ އޭނާގެ އަތަށެވެ. އަދި ލޮލަށް ވެސް ޒަހަމް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

“އައްޑޫސިޓީ ހުޅުމީދޫ ގަ އަޅުގަނޑުމެން ގެ ކައިރީގައި އެކަނި ދިރިއުޅޭ އުމުރުން 70 އަހަރުގެ މުސްކުޅި އަންހެނެއް (ރަހާގެ އާމިނާ މަނިކުފާނު) ގަޔަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަޅި ޖަހާ ތަޅާ ވަރަށް ބޮޑަށް އަނިޔާކޮށް ފައިސާ ތަކެއް ފޭރިގެންފި” މިއީ މީސްމީޑިޔާގައި މިރޭ އަނިޔާލިބުނު އުމުރުން ދުވަސްވީ މީހާ ދިރިއުޅޭގެ ކައިރީ އުޅޭ މީހަކު ކޮށްފައިވާ ފޭސްބުކް ޕޯސްޓެކެވެ.

ތަފްސީލް އަންނަނީ…..

ޓެގު