English Edition
Dhivehi Edition

ރޭ މާލޭގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ޙާދިސާގައި ރޯވެ އަދަމުންދިޔަ ގެއެއްގެ ތެރެއިން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުންވަނީ އިންސާނެއްގެ ހަށިގަނޑު ހޯދާފައެވެ. ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ސިފައިން ވިދާޅުވީ ހަށިގަނޑު ފެނުނީ އެވަގުތާ ހަމަޔަށް ގެއްލިގެން ހޯދަމުން ދިޔަ ޢައިޝަތު ޝައުނާގެ ޢާއިލާގެ އެދުމުގެ މަތިން އޭނާ ދިރިއުޅުނު ގެ ހޯދަމުން ދަނިކޮށް ކަމަށެވެ. އެގެއަކީ ހ. ރަދުވާނިޔާ ގޭގެ 4 ވަނަ ފްލޯއެވެ. އެގެއިން ސިފައިންނަށް ހަށިގަނޑު ފެނުނު އިރުވެސް ވަނީކާކުކަން ނޭނގޭ ވަރަށް އަނދާފައެވެ. މިހާރު ޝައުނާގެ ހަށިގަނޑު ވަނީ ޢާއިލާއަށް ދައްކާފައެވެ.އަދި ޝައުނާގެ ހަށިގަނޑު ވަނީ އާސަހަރާއަށް ގެންގޮސްފައެވެ. އެމަރްހޫމާގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.