މިރޭ ހިނގި އަލިފާނުގެ ޙާދިސާގައި އެކަކު މަރުވެއްޖެއެވެ
އަލިފާނުގެ ޙާދިސާގައި މަރުވެފައިވަނީ މިރޭ ގެއްލިގެން ހޯދަމުންދާ ތ. ބުރުނީއަށް އުފަން އައިޝަތު ޝައުނާ އެވެ.
އައިޝަތު ޝައުނާ އެންމެ ފަހުން ކުރި ފޯނު ކޯލްގައި އަނދަމުންދާ ގޭގެ ތެރޭގައި ތާށިވެފައި ހުރި ކަމަށް ބުނެފައިވެއެވެ. މަރްޙޫމާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ.