English Edition
Dhivehi Edition

ހެންވޭރު އަބަދަށްފެހި މަގުގައި ހުރި އިމާރާތެއްގައި ވަރުގަދައަށް އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.

ވީޓީވީ ހުންނަ އިމާރާތުގެ ކުރިމަތިން އޮންނަ ބްލޮގެ ހުޅަނގަށް އޮންނަ މަގުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވި އަލިފާންގަނޑު އެ ހިސާބުގެ އެހެން އިމާރާތްތަކަށް ވެސް މިހާރުދަނީ ފެތުރެމުންނެވެ.

އަލިފާން ރޯވެފައިވާ ސަރަހައްދުގައި އެމްއެންޑީއެފާއި ފުލުހުންން ހަރަކާތްތެރި ވަމުންދާއިރު، އަލިފާނުގެ ހާދިސާއާ ގުޅިގެން ބައެއް މީހުންނާއި ކުދިން، ކައިރީގައި ހުރި އޭޑީކޭ ހޮސްޕިޓަލަށް ގެންދާ މަންޒަރުވެސް ފެނިފައި ވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކު ފިހުނު ކަމުގެ މައުލޫމަތެއް އަދި ލިބިފައި ނެތް ނަމަވެސް ދުމުގެ އަސަރު ކޮށްގެންނާއި ބައެއް އެހެން ހާނިއްކަ ވެގެން ބައެއް މީހުން މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް މައުލޫމާތު ލިބެއެވެ.

އަލިފާން ރޯވެފައިވާ އިމާރާތުގެ ފުރަތަމަ ފްލޯ އެއްކޮށް އަނދާ ހުލިވެފައިވާއިރު އެ ސަރަހައްދުން އެއްޗެހި ގޮވާ އަޑު ވެސް އިވެމުންދާ ކަަމަށާއި މުޅި ސަރައްހަދަށް ހުޅުގަނޑު ވަނީ ފެތުރިފައި ކަމަށް އެ ސަރަހައްދުގައި ތިބި ނޫސްވެރިން ރިޕޯޓް ކުރެއެވެ.