English Edition
Dhivehi Edition

ފެނަކަ ކޯޕަރޭޝަނުން މިއަހަރު ރާއްޖޭގެ އެކި ހިސާބުތަކުގައި އިމާރާތް ކުރާ އިންޖީނުގެތަކުގެ ތެރެއިން 17 ވަނަ އިންޖީނުގޭގެ ބިންގާ މިއަދު ހެނދުނު އަޅައިފި އެވެ.

މިއަދު ހެނދުނު ބިންގާ އެޅިގެން ދިޔައީ ފ. ބިލެތްދޫގައި އިމާރާތް ކުރާ އިންޖީނު ގޭގެ ބިންގަލެވެ. މިއަދު ހެނދުނު ފ. ބިލެއްދޫ އިންޖީނުގޭގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި އެރަށު އިންޖީނުގޭގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު އެވެ.

އެރަށުގެ އިންޖީނުގޭގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމްވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ފެނަކައިން މިއަދު ބުނީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި 30 އިންޖީނުގެ ގޭގެ ބިންގާ އެޅިގެން ދާނެ ކަމަށާއި ބިލެއްދޫގައި އިމާރާތް ކުރާ އިންޖީނު ގެއަކީ އޭގެ ތެރެއިން އިމާރާތް ކުރާ 17 ވަނަ އިންޖީނު ގެކަމަށެވެ.