English Edition
Dhivehi Edition

އިންޑިއާގެ ފުލުހަކު އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރިމައްސަލައެއް ފެންމަތިވެއްޖެއެވެ.

ދިއްލީގެ ފުލުހެއް ކަމަށްވާ ކޮންސްޓަބްލް ވިޝްރަމް، އުމުރުން 16 އަހަރުުގެ ކުޑަ އަންހެން ކުއްޖާ ރޭޕްކޮށްފައިވަނީ އެންޖިއޯ އަކުން އެކުއްޖާ އަށް ކައުންސިލިންގ ދޭން ބޭނުންވާ ކަމަށް ބުނެ އެގެއަށް ގޮސް އޮޅުވާލައިގެން އެކުއްޖާ ކިޑްނެޕްކޮށްގެންނެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ “ޓީއައިއޯ” ގައި ރިޕޯޓްކޮށްފައި ވާގޮތުގައި، ވިޝްރަމް އެ ކުޑަކުއްޖާ ގޮވައިގެން ދިޔައީ އޭނަގެ ގެއަށެވެ. އަދި އެކުއްޖާ ގޮވައިގެން އެއްދުވަސް އެގޭގައި ހޭދަކޮށްފައި ވާއިރު އެކުއްޖާގެ މައިންބަފައިންނަށް ޝައްކު ކުރެވިގެން ފުލުސްމީހާގެ ނަމްބަރަށް ގުޅުމުން ފޯނު ނިއްވާލާފައިވާތީ މިމައްސަލަ ފުލުހުންނަށް ރިޕޯރޓް ކުރިއެވެ. އޭގެ އަނެއްދުވަހު އެކުއްޖާ ގެއަށް އައިސް ވިޝްރަމް އޭނަ ރޭޕްކޮށްފައި އެވާހަކަ ސިއްރުކުރުމަށް އެދި ފައިސާތަކެއްވެސް ދިންކަމަށް ބުންޏެވެ.

މިހާދިސާގެ ހަބަރު ލިބުމާއެކު އެކުއްޖާ ދިރިއުޅޭ އަވަށު މީހުން ވަނީ ފުލުސްމީހާ އާމެދު ފިޔަވަޅުއެޅުމަށް އެދި އަޑުގަދަކޮށް މުޒާހަރާވެސް ކޮށްފައެވެ. ފުލުހުން ބުނީ ވިޝްރަމް ހައްޔަރުކޮށް މިހާރު އޭނަ ވަޡީފާއިން ވަކިކޮށްފައި ވާކަމަށާއި މިމައްސަލަ މިހާރުދަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށެވެ.

ދިރާސާތަކުން ދައްކާގޮތުގައި އިންޑިއާގައި ގަޑިޔަކު 4 މީހުން ރޭޕްކުރެއެވެ. އިންޑިޔާއަކީ މުޅިދުނިޔޭންވެސް އަންހެނުންނަށާއި ކުޑަކުދިން އަދި މުސްކުޅިންނަށް ނުރައްކާ އެއްގައުމު ކަމަށް ލޭބަލް ކުރެވިފައިވާ ގައުމެކެވެ.