English Edition
Dhivehi Edition

މިސްރުގެ ވެރިރަށް ކައިރޯގައި އުމުރުން 20 އަހަރުގެ ޒުވާނަކު ބަނޑަށް ތަދުވެގެން ހޮސްޕިޓަލަށް ދިޔުމުން އޭނާގެ ބަނޑުން 20 ސަމުސާ ނަގައިފި އެވެ.

ޒުވާނާގެ ނަން ފާހަގަ ނުކުރި ކަމުގައި ވިޔަސް އޭނާ ބެލި ޑޮކްޓަރުންގެ ޓީމުގެ އިސްކޮށް ހުންނެވި ޑޮކްޓަރ، ޑރ އަމްޖަދު ފައުދް ބުނީ ސިއްޙީ ތަހުލީލުތަކުން ދެއްކި ގޮތުގައި ޒުވާނާގެ ބަނޑުގައި ކަޓްލަރީޒް ގެ އިތުރުން، އިތުރު ސާމާނުތަކެއް ހުރިކަން ފާހަގަ ކުރެވޭ ކަމަށެވެ.

20 އަހަރުގެ އެ ޒުވާނާ އަކީ ބުއްދި ހަމަޖެހޭ މީހަކަށް ނުވާއިރު އޭނާ އަކީ “ބްރެއިން އެޓްރޯފީ” ތަހައްމަލް ކުރާ މީހެކެވެ. އަވަސް ސާޖަރީއަކަށް ފަހުގައި ޒުވާނާގެ ބަނޑުން ޑޮކްޓަރުންގެ ޓީމުން ވަނީ 20 ސަމުސަލާއި، ހަތަރު އުލާއި، ހަތް ދަތް އުނގުޅާ ބުރުސް، އަދި ރަން އަނގޮޓިއެއްގެ އިތުރުން، އިތުރު ގަހަނާތަކެއް ނަގާފައެވެ.

ޒުވާނާގެ ބަނޑުން މި ހުރިހާ އެއްޗެއް ނެގުމަށްފަހު މިހާރު އޭނާގެ ހާލަތު ރަނގަޅެވެ. މިހާރު ދެކެވޭ ވާހަކަ އަކީ އޭނާގެ ބަނޑަށް އެ ހުރިހާ އެއްޗެއް ދިޔައީ ކިހިނެއްތޯ އެވެ. ޒުވާނާގެ އޮޕަރޭޝަން ކުރި ސާޖަރީ ޓީމުން ބުނީ އޭނަގެ އެތެރެ ހައްޓަށް މި ހުރިހާ އެއްޗެހި ގޮސްފައި ވަނީ އޭނާ މި ހުރިހާ އެއްޗިސް ކެއުމުން ކަމަށާއި މި ހުރިހާ އެއްޗިސް ކައިފައި ވަނީ ހަމަސް ތެރޭގައި ކަމަށްވެސް ޑޮކްޓަރުން ފާހަގަ ކުރިއެވެ.

ޒުވާނާގެ މަންމަ ބުނީ ގެއިން ސަމްސާ ފަދަ އެއްޗިސް ގެއްލޭ ކަމަށާއި އަދި ބައެއް ގަހަނާތައް ވެސް ގެއްލޭ ކަމަށާއި ނަމަވެސް އެ ހުރިހާ އެއްޗެއް، އޭނާގެ ދަރިފުޅު ކާލާނެއެކޭ ހިތަށް ނާރާ ކަމަށެވެ.

2 ގަޑިއިރުގެ ސާޖަރީއަކަށްފަހު ޒުވާނާގެ ހާލަތު ރަނގަޅު ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.

ޓެގު