English Edition
Dhivehi Edition

 

ޑިނގާ އާލާ ކުރެވިދާނެތޯ ބެލުމަށް ކުރި ދިރާސާއަކުން އައްޑޫސިޓީގައި އެކަން ކުރެވިދާނެކަމަށް ދައްކައިފި އެވެ. ސައިރިކްސް ކޮލެޖްގެ އިޖްތިމާޢީ ޒިއްމާ،ސީއެސް އާރް ގެ ދަށުން ޑިނގާ އާލާކުރުމަށް ހިންގާ ޕްރޮޖެކްޓުގައި ހުޅުމީދޫ މާފިށި ކިޅި އަދި ތުނޑިޔައިގައި ޑިނގާ އާލާކޮށް ދިރުވިދާނެ ކަމަށް ސައިރިކްސް ގެ ޗެއަރމަން އަޙްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ. ޝަރީފް އިތުރަށް ވިދާޅުވީ ކިޅި ވަށައިގެން ކެންވަސް ޕޫލް ހަދައި ޑިނގާ އާލާ ކުރެވިދާނެ ކަމަށާއި މިކަން ކުރާނެ ގޮތުގެ ވައިޓް ޕޭޕާ އެއް މިހާރު ސައިރިކްސް ކޮލެޖްގެ ޓީމުން އެކުލަވާލާފައިވާކަމަށެވެ.

“ކިޅި ވަށައިގެން ކެންވަސް ޕޫލް ހަދައިގެން [ޑިނގާ] އާލާ ކުރެވިދާނެ. މިކަން ކުރާނެގޮތުގެ ވައިޓް ޕޭޕާ އެއް ސައިރިކްސް ކޮލެޖުގެ ޓީމުން އެކުލަވާލާނެ،” ޝަރީފް ވިދާޅުވި އެވެ.

ތައިލެންޑްގެ އަވަށެއްގައި ހިންގާ މިފަދަ ޝްރިމްޕް ފާމްތަކުގެ މޮޑެލް ކޮޕީކޮށްގެން ރާއްޖޭގެ ރަށްރަށުގައި ފާމްތައް ހަދައި، ރާއްޖޭގެ ޓޫރިސްޓް ރިސޯޓުތަކަށާއި ރެސްޓޯރެންޓުތަކަށް ޑިނގާ ސަޕްލައި ކުރެވިދާނެ ކަމަށާއި އަދި ބޭރު ގައުމުތަކަށް އެކްސްޕޯޓްވެސް ކުރެވިދާނެ ކަމުގެ ޔަގީންކަން ޝަރީފްވަނީ ދެއްވާފައެވެ. މިމަސައްކަތާއި ބެހޭ ތަހުލީލު ކުރުމަށްޓަކައި ތައިލޭންޑްގެ ތަޖުރިބާ ކާރުންގެ ޓީމެއް ވަނީ އައްޑޫގައި މަސައްކަތް ކޮށްފައެވެ.