English Edition
Dhivehi Edition

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޓަގެއްގައި ރާއްޖެ އިން ފިއްލަވަން އުޅުއްވި މައްސަލައިގައި އުފުލާފައިވާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށަން ތާވަލްކޮށްފި އެވެ.

އަދީބް އާއި ދެކޮޅަށް އުފުލާފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުމެއް މިއަދު 11:30 ގައި ބޭއްވުމަށް ތާވަލްކޮށްފައިވާއިރު އަދީބުގެ މައްޗަށް އުފުލީ، ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.

ސުޕްރީމް ކޯޓްގެ އަމުރަކަށް އަދީބު ފުރުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮ’ށް ވާގޯ 9′ ނަމަކަށް ކިޔާ ޓަގު ބޯޓެއްގެ ފަޅުވެރިއަކަށް ހެދިގެން ފިއްލަވަން އުޅުއްވީ މިއަހަރުގެ އޮގަސްޓް މަހުގެ ކުރީ ކޮޅުގައެވެ.ސިންގަޕޫރުގެ ޓަގެއްގައި އަދީބު ރާއްޖޭން ބޭރަށް ދަތުރު ކުރައްވަނިކޮށް ހިފެހެއްޓީ އިންޑިއާގެ ޓުޓިކޮރިން ބޭރުންނެވެ. އޭނާ އަނބުރާ ރާއްޖެ ގެނައީ އޭގެ ތިން ދުވަސް ފަހުން، މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

އަދީބު މިވަގުތު ހުރީ މޮނީޓާ ކުރެވޭ ގޮތަށް ޓެގް އެޅުވުމަށް ފަހު ގޭބަންދުގަ އެވެ