2023 ވަނަ އަހަރާއި ހަމައަށް އައްޑޫގައި 9118 ޓޫރިޒަމް އެނދު ތަރައްޤީވެގެންދާނެ
1 މަސް ކުރިން
އާމިނަތު ޚާލިސާ

2023 ވަނަ އަހަރު ނިމޭ އިރު އައްޑޫގައި 9118 ޓޫރިޒަމްއެނދު ތަރައްޤީކުރެވިގެންދާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ތަރައްޤީ ކުރުމުގެ މާސްޓަރ ޕްލޭންގެ ދަށުން ޓޫރިޒަމް ޕްލޭން އެކުލަވާލުމަށްޓަކައި އައްޑޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުގައި ސިޓީ ކައުންސިލުން ބުނީ އައްޑޫ ސިޓީ ހިތަދޫގައި 1000 ޓޫރިޒްޓް އެނދު ތަރައްޤީކުރުމަށް ނިންމާފައިވާއިރު މަރަދޫ ، މަރަދޫ ފޭދޫ ގައި 500، ފޭދޫގައި 500 އަދި ހުޅުދޫ، މީދޫ ކޮންމެ ރަށެށްގައި 600 އެނދު ތަރައްޤީކުރުމަށް ނިންމާފައިވާކަމަށެވެ

Advt

Advertisement

މީގެ އިތުރުން ސިޓީ ކައުންސިލުން ބުނީ އައްޑޫގައި ޓޫރިޒަމް އިތުރަށް ފުޅާކޮށް ތަރައްޤީކުރުމުގެ ގޮތުން މުޅިން އަލަށް 8 ރިސޯޓް ހުޅުވިގެންދާނެކަމަށެވެ. މި ގޮތުން ހަންކެޑެ ސަރަހައްދުގައި 360 ކޮޓަރި ތަރައްޤީކުރުމަށް ނިންމާފައިވާއިރު 4 ސްޓާ ފެންވަރުގެ 600 އެނދު މުލިކެޑެގައި ހެދިގެންދާނެކަމަށް ކައުންސިލުންވަނީ ބުނެފައެވެ. މީގެ އިތުރުން ހިތަދޫ ބޭރުފަޅީގައި 840 އެނދުގެ ލެގޫން ރިސޯޓްތައް ތަރައްޤީކުރުމަށް ނިންމާފައިވާއިރު އިސްމެހެލާހެރައިގެ ދެކުނު ފަރާތުގައި 560 ކޮޓަރި ހެދުމަށް ނިންމާފައިވާކަމަށް ކައުންސިލުންވަނީ ބުނެފައެވެ.

މީގެ އިތުރުން ސިޓީ ހޮޓަލުގެ ގޮތުގައި 8 ތަނެއް ތަރައްޤީކުރުމަށް ނިންމާފައިވާ އިރު 03 ސަރަހައްދެއް ޕިކްނިކް އައިލެންޑްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާފައިވާކަމަށް ކައުންސިލުންވަނީ ބުނެފައެވެ

ޓޫރިޒަމް ޕްލޭން އެކުލަވާލުމަށްޓަކައި އެންމެ ފުރަތަމަ ޚިޔާލު ހޯދުމަށް މާލޭގައި ދިރިއުޅޭ އައްޑޫއަށް ނިސްބަތްވާ ފަރާތްތަކާއެވެ.

1 ކޮމެންޓް

ބަލާމީހާ ސެޕްޓެމްބަރު 18, 2019

ބިރުން ހަލާކު ވެއްޖެ