English Edition
Dhivehi Edition

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެސެންޓްރަލް އޭރިއާ ހެޑްކުއޯޓަރޒް ލ.ކައްދޫ އަށް ޒިޔާރަތް ކުރައްވައިފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް ގެ މި ދަތުރުފުޅަކީ އިއްޔެ ނިމިގެންދިޔަ “އެކްސަސައިޒް ފްލޭޝް މެޓަލް” ތަމްރީނު ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ޗީފް އޮފް ޑިފެންސް ފޯސް ސެންޓްރަލް އޭރިއާއަށް ކުރެއްވި މި ދަތުރުފުޅުގައި އެ އޭރިޔާގެ ހެޑްކުއޯޓަރޒްގައި މަސައްކަތް ކުރައްވާ ސިފައިންނާ ބައްދަލު ކުރައްވައި، ސެންޓްރަލް އޭރިއާގެ ކުރިއެރުމާއި ތަރައްޤީއާ ގުޅޭގޮތުން ޝަމާލް ވަނީ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި މި ބައްދަލު ކުރެއްވުމުގައި ޝަމާލް ވަނީ، ސެންޓްރަލް އޭރިއާގައި މަސައްކަތް ކުރައްވާ ސިފައިންގެ ވެލްފެއަރގެ ކަންކަމާ ގުޅޭ ގޮތުން މަޢުލޫމާތު އޮޅުންފިލުއްވާ، އެކަންކަމުގައި ދިމާވާ މައްސަލަތައް ހައްލު ކުރުމާބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް ގެ މި ދަތުރުފުޅުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމާއި އެމްއެންޑީއެފް މެރިންކޯރ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަހީދާއި، ، ޑައިރެކްޓްރޭޓް އޮފް ޓްރެއިންނިގ އެންޑް އޮޕަރޭޝަން (ޖޭ3/ޖޭ7) ގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް އަޙްމަދު ގިޔާޞް އަދި ޑައިރެކްޓްރޭޓް އޮފް ސިވިލް އެފެއާރޒް (J9) ގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް އަދުނާނު މުޙައްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.