ގާރީބެއްޔާއާއި މީދޫގެ ރީތި ގޮނޑުދޮށްތައް
1 މަސް ކުރިން
ޝާން މުޙައްމަދު

އައްޑޫސިޓީ މީދޫއަކީ ޒަނާނުއްސުރެން ސާފުތާހިރުކަމަށް މުޅި އަތޮޅުގައިވެސް ނަން މަޝްހޫރު ރަށެކެވެ. ނަމަވެސް ޒަމާނަށް އައި ބަދަލުތަކާއި މީހުންގެ ދިރިއުޅުމަށް އައި ޒަމާނީ ބަދަލުގެ ސަބަބުން މިދެންނެވި ސާފުތާހިރުކަމަށް އަސަރު ކުރަމުން ދިޔައެވެ.

ނަތީޖާއަކަށް ވީ މީދޫގެ އަތިރިމަތީ ހޭޅިފަށަށް ކުނީގެ ގޮތުގައި ހިމެނޭ ހުރިހާ ވައްތަރެއްގެ ކުނި އަޅަމުން ގޮސް ރީތި އަތިރިމަތި ގޮނޑު ވެގެން ދިއުމެވެ. މިކަމަށް ނިމުމެއް ގެނައުމަށް އަތުކުރި އޮޅާލި ހިތްވަރުގަދަ ފަޙުލަވާނަކީ މީދުއަށް އުފަން މީދޫ ވިނަމާ މުޙައްމަދު ކާމިލް (ގާރީބެއްޔާ) އެވެ.

Advt

Advertisement

އަމިއްލައަށް ފަރުދީގޮތުން ކުނި ނެގުމާއި ގޭގެއަށް ގޮސް ކުނީގެ ނުރައްކާތެރިކަން ބަޔާންކޮށްދެމުން ގެންދިޔައެވެ. މިކަމުގެ ސަބަބުން ބައެއް ފަރާތްތަކުގެ ނުރުހުން ގާރީބެއްޔާ އަށް އަމާޒުވި ނަމަވެސް ވަރުގަދަ އަޒުމާއި އެކު ފަސްއެނބުރި ބެލުމެއްނެތި ރަށުގެ ޒުވާން ކުދިން ކޮޅަކާއި އިޖްތިމާއި މަސައްކަތަށް ޝައުޤުވެރިކަން ހުރި މަދު ބަޔަކާއި އެކު ސިލްސިލާ ސާފުކުރުމުގެ ޕްރޮގްރާމެއް ގާރީބެއްޔާ ގެ މޭސްތެރިކަމުގެ ދަށުން 2015 ވަނަ އަހަރުގެ ތެރޭ ފެށިގެން ކުރިޔަށް ގެންދިޔަ އެވެ. އެއާއި އެކު އެކީގައި ނަލަފެހި މީދޫގެ ނަމުގައި ގާރީބެއްޔާގެ މަސްއޫލުވެރިކަމުގެ ދަށުން ދައުލަތުގައި ރަޖިސްޓަރީ ކުރެވި ސާފުކުރުން މެކުހަކަށް ޖެހިއެވެ.

މުޅި ރަށުގެ ވަށައިގެން ސާފުކޮށް ނިންމާ ގަނޑޮވަރި ފަންނު މައިޒާންގެ ނަމުގައި 2016، ޖުލައި 26 ވަނަ ދުވަހު ހިތްފަސޭހަ މައިޒާނެއް ހުޅުވިގެން ދިޔުން ވެގެން ދިޔައީ ގާރީބެއްޔާގެ މަސައްކަތައް ރައްޔިތުންގެ ބޮޑު އެއްބާރުލުމެއް ލިބިގެން ދިއުމެވެ.

މިބޮޅަށް މިހާރު 4 ސަރަހައްދެއްގައި މައިޒާންތައް ހެދިފައިވާއިރު އިތުރު މައިޒާންތައް ހެދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ގާރީބެއްޔާގެ ނަލަފެހި ޖަމިއްޔާގެ މަގްސަދަކީ ގޮނޑުގެ ގޮތުގައި ބޭނުންކުރެވުނު ސަރަހައްދުތައް މައިޒާންތަކަކަށް ބަދަލުކޮށް މީދޫ ރައްޔިތުންނަށް ދުޅަހެޔޮ ސިއްޙަތެއް ހޯދައި ދިނުމެވެ. އަޅުގަނޑުމެން އެންމެންވެސް ގާރީބެއްޔާ ނަމޫނާއަކަށް ބަލަމާތޯއެވެ.