English Edition
Dhivehi Edition

ސްޓާ ޕްލަސް އިން ދައްކާ މަޝްހޫރު ރިއަލިޓީ ޝޯ ‘ނަޗް ބަލިއޭ’ އަކީ އިންޑިއާގެ އިތުރުން ދިވެހިންގެ މެދުގައިވެސް އެންމެ މަގުބޫލު ޑާންސް ޝޯއެވެ. 19 ޖުލައި 2019 ގައި ފެށުނު މި ޝޯގެ ނުވަ ވަނަ ސީޒަނަކީ މި ޝޯގެ އެހެން ސީޒަންތަކާއި ވަރަށް ތަފާތު ސީޒަނެއްކަން ޔަގީނެވެ. މިއަހަރުގެ ޝޯގައި އިންޑިއާ ޓީވީ ތަރިންނާއި އެމީހުންގެ ކުރީގެ ލޯބިވެރިންނާއެކު ނަށާފައިވާ ނެށުންތައް ފެނިގެންދާއިރު މި ޝޯގައި އެމީހުންގެ ‘ހަގީގީ ދިރިއުޅުމުގެ’ ޑްރާމާތައްވެސް ވަނީ ފެނިގެންގޮސްފައެވެ. މި އަހަރުގެ ޝޯގެ ޖަޖުންގެ ގޮތުގައި މަޝްހޫރު ބޮލީވުޑްގެ ތަރި ރަވީނާ ޓަންޑަން ފެނިގެންދާއިރު ދެން ފެނިގެންދާ ޖަޖަކީ މަޝްހޫރު ކޮރިއޮގްރަފާ އަހްމަދު ހާންއެވެ.

މި ޝޯ މިހާތަނަށް އައިއިރު ގިނަ ބަޔަކު ޝޯ އާއި އަލްވަދާއު ކިޔާފައިވާއިރު މިޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި ހަފްތާގެ ޝޯގައި ވައިލްޑްކާޑް އެންޓްރިއާއެކު ހަތަރު ބައިވެރިއަކު އަނެއްކާވެސް ޝޯއަށް އެބުރި އަންނާނެއެވެ. މި ހަފްތާގެ ޝޯއާއި އަލުން ގުޅޭ ބައިވެރިންގެ ތެރޭގައި އަނުޖް އާއި އުރްވަޝީ ދޮލާކިއާ އަކީ ފާހަނގަކޮށްލެވޭ ނެށުންތެރިންނެވެ.

މި ޝޯ އިން އުރްވަޝީ އަލްވަދާއު ކިޔަންޖެހުނު ރޭ އޭނާގެ މޫނުމަތިން ފެނުނު ހިތާމައާއި ހިތްހަމަނުޖެހުމާއި އެކު އޭނާގެ އެބުރި އައުންވެފައި މިވަނީ ޖަޖުންނާއި އޭނާގެ ކުރިމަތިލުމެއްގެ ފުށުމަކަށް ކަމުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. “މި ޝޯ އާއި ބެހޭ ގޮތުން ބޭރު ތެރޭގައި ވާހަކަދެއްކުމުގެ ހައްގެއް އެއްވެސް ބަޔަކަށް ނޯއޮއްނާނެ.”މިހާރު ދައްކަމުންދާ މި ޝޯގެ އިޝްތިހާރުގައި ރަވީނާ މިހެން ބުނުމުން ޝޯގައި އެމީހުންނަށް ވާހަކަދެއްކުމުގެ ފުރުސަތު ލިބިގެންދޭތޯ އުރްވަޝީ ވަނީ ސުވާލު އުފައްދާފައެވެ. އެހެންކަމުން ދެން ފެނިގެންދާ ޝޯގައި އުރްވަޝީ އޭނާގެ ހިތުގެ އުދާސްތައް ބޭރުކުރާނެ ކަމުގައި ގިނަ ބަޔަކުވަނީ ބުނެފައެވެ. އަދި އުރްވަޝީ ޝޯގައި މިފަދަ ގޮތަކަށް ވާހަކަދައްކާފައިވާއިރު މިއީ މި ޝޯގައި އުރްވަޝީއަށް ކުރިއަށް ދިއުމަށް އެޅިގެން ދާނެ ވަރަށް ބޮޑު ހުރަހަކަށް ވެގެންދާނެއެވެ.