English Edition
Dhivehi Edition

ރާއްޖޭގެ ސިއްޙީ ޙިދުމަތްދޭ ހުރިހާ ތަންތަން އެއްވިއުގައަކުން ގުޅާލުމަށް ޓަކައި އިންފޯމޭޝަން ޓެކްނޮލަޖީ (އައިޓީ) މުވައްޒަފުން ތައްޔާރުކުރުމަށް ބޭއްވި ތަމްރީނު ޕްރޮގްރާމް ނިންމައި ބައިވެންނަށް ޕްރޮގްރާމުގައި ބައިވެރިވިކަމުގެ ލިޔުން ހަވާލުކޮށްފި އެވެ.

މިކަމަށްޓަކައި އޮތް ރަސްމިއްޔާތުގައި ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކަށް ސެޓްފިކެޓް ދީފައި ވަނީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތް އަލްފާޟިލް މުހައްމަދު ޒުހައިރެވެ.

މިނިސްޓްރީ އޮފް ހެލްތުން ބުނީ މި ޕްރޮގްރާމުގެ އަމާޒަކީ ސިއްޙީ ޙިދުމަތްދޭ ހުރިހާތަނެއް އެއްވިއުގައަކުން ގުޅާލުމަށް ޤާއިމްކުރާ ނެޓްވޯކަށް ހޮސްޕިޓަލްތަކުގެ މުވައްޒަފުން ހޭލުންތެރިކޮށް ތަމްރީންކުރުން ކަމަށެވެ.

މި ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައި ވަނީ މިމަހުގެ 8 ވަނަ ދުވަހުން 12 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިއ

މިއީސަރުކާރުގެ ވައުދެއްކަމުގައިވާ ސަރުކާރުގެ ސިއްޙީ ޙިދުމަތްދޭ ހުރިހާތަނެއް އެއްވިއުގައަކުން ގުޅާލުމަށް ހުރިހާ ހޮސްޕިޓަލްތަކުގެ އައިޓީ މުވައްޒަފުން ތަމްރީންކުރުމަށް މިމަހުގެ 09 އިން 12 އަށް ޑަބްލިއު.އެޗް.އޯގެ އެހީގައި ކުލިކް ކޮލެޖާއި ގުޅިގެން  ހިނަގާފައިވާތަމްރީން ޕްރޮގްރާމެކެވެ.