ތައިލެންޑްގެ ސަފީރުކަމަށް ޖިނާހު އައްޔަން ކުރައްވައިފި
1 ހަފްތާ ކުރިން
އާމިނަތު ޒީނާ

ރާއްޖެ އިން ކިންގްޑަމް އޮފް ތައިލެންޑަށް ކަނޑައަޅާ ސަފީރަކަށް މއ.ތިބްރޯޒް މުހައްމަދު ޖިނާހު ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އައްޔަން ކޮށްފިއެވެ.

ތައިލެންޑުގެ ސަފީރުގެ މަގާމުގެ ފަތްކޮޅު ޖިނާޙަށް ދެއްވީ، އެކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.

Advt

Advertisement

ރާއްޖެއިން ތައިލެންޑަށް ކަނޑައެޅި އާ ސަފީރާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރައްވަނީ -ފޮޓޯ: ރައީސް އޮފީސް

މުޙައްމަދު ޖިނާޙް މީގެ ކުރީން ހުންނެވީ ގްރީން ޕެރެޑައިސް ޕްރައިވެޓް ލިމިޓެޑް ގްރޫޕްގެ ޖެނެރަލް މެނޭޖަރުކަމުގެ މަޤާމުގައެވެ.

ޖިނާހު، ތައިލެންޑުގެ ސަފީރަކަށް އައްޔަން ކުރެއްވީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓެއްގަ އެވެ.

ރައީސް ޞޯލިޙް ވެރިކަމާއި ޙަވާލުވެ ވަޑައިގެންނެވިއރު ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާ ސަފީރެއްގެ މަގާމުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ.