English Edition
Dhivehi Edition

ހުޅުމާލޭގައި ފުރަތަމަ ފަހަރަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު އޭޓީއެމްއެއް ބަހަށްޓައިފި އެވެ. ޑޮލަރު ނެގޭގޮތަށް ރާއްޖޭގައި ކުރިން ހަމައެކަނި އޭޓީއެމްއެއް ހުންނަނީ މާލޭގައި އެވެ.

ހުޅުމާލޭގައި އަލަށް ބެހެއްޓި މި ޑޮލަރ އޭޓީއެމް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ އެވެ. އަލަށް ހުޅުވި ޑޮލަރ އޭޓީއެމް ހުންނަނީ ހުޅުމާލޭ ފެރީ ޓާމިނަލް ސަރަޙައްދުގައި ހުންނަ ރެނާޓަސް އިތާމުތް ބިލްޑިންގްގަ އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ ރާއްޖޭގައި ބޭންކިންގެ ޚިދުމަތް ދޭ އެންމެ ބޮޑު ކުންފުންޏެވެ. އެގޮތުން ބީއެމްއެލް އިން ރާއްޖޭގެ 20 އަތޮޅުގައި 37 ބްރާންޗުން ބީއެމްއެލް ގެ ޙިދުމަތްތައް ފޯރުކޮށްދެއެވެ. ބީއެމްއެލްގެ 110 އޭޓީއެމް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެބަ ހުއްޓެވެ. އަދި ބީއެމްއެލް އިން އެންމެ ޒަމާނީ ގޮތަށް އިންޓަރނެޓް ބޭންކިންގ ގެ ޚިދުމަތް ވެސް ފޯރުކޮށްދެ އެވެ.