English Edition
Dhivehi Edition

ކޯޓު އަމުރަކާ ނުލައި މީހުން ހައްޔަރުކުރެވޭ ގޮތަށް ޤާނޫނު އިސްލާހު ކުރުމަށް މިއަދު މަޖިލީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ އަނެއްކާވެސް ދާން މިޖެހެނީ ހުދުމުޚުތާރު ނިޒާމަކަކާއި ދިމާއަށް ކަމަށެވެ.

ސަލީމް ވިދާޅުވީ މިހާރުވެސް ގޯސްކަމެއް ކޮށްގެން 24 ގަޑިއިރުވަންދެން މީހަކު ހައްޔަރުކޮށްފައި ބެހެއްޓޭ ކަމަށާއި ނާޖާއިޒު ގޮތުގައި ބަޔަކަށް މަންފާ ލިބޭ ގޮތައް އެއްވެސް ޤާނޫނެއް އިސްލާހުކުރެވިގެން ނުވާނެ ކަމަށެވެ.

“ގޯސްކަމެއް ކޮށްފިއްޔާ މީހަކު ހައްޔަރު ކުރުމުގެ ބާރު މިހާރު ވެސް އެބައޮތް. ކޯޓު އަމުރެއް ނެތި 24 ގަޑިއިރު ވަންދެން މީހަކު ހައްޔަރުކޮށްފައި ވެސް ބެހެއްޓޭ. އޭގެ ފަހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން މިޖެހެނީ.” ސަލީމް ވިދާޅުވިއެވެ.

ސަލީމްގެ ވާހަކަފުޅަކީ ހުށަހެޅިފައިވާ މައްސަލަ އާއި ގުޅޭ ވާހަކަފުޅެއް ނޫންކަމަށް ވިދާޅުވެ މަޖިލިސް ރައީސް ވަނީ ސަލީމުގެ ވާހަކަ ހުއްޓުވާފަ އެވެ.