އީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
2 ހަފްތާ ކުރިން
ޝާން މުޙައްމަދު

އިލެކްޝަންސް ކޮމިޝަން(އީސީ)ގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ސަރުކާރުން ހުޅުވާލައިފި އެވެ. ސަރުކާރުން ވިދާޅުވީ މި ފުރުސަތު ހުޅުވިފައި ވާނީ މިއަދުން ފެށިގެން 16 ސެޕްޓެންބަރު 2019 ވާ ހޯމަ ދުވަހުގެ 14:00 އާއި ހަމައަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުއްވާލައްވާފައި މިވަނީ އެ ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތޮފާގެ މެންބަރުކަމުގެ މުއްދަތު 24 ނޮވެންބަރު 2019 އަށް ހަމަވާތީއެވެ.

Advt

Advertisement

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްhttps://presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަކީ އަޙްމަދު ޝަރީފްއެވެ. އަދި އެ ކޮމިޝަންގެ ނައިބް ރައީސް އަކީ އަމްޖަދު މުސްތޮފާ އެވެ. ދެން ތިއްބަވަނީ 3 މެމްބަރުން ނެވެ. އެއީ މެންބަރު އިސްމާއީލް ޙަބީބް އާއި މެންބަރު ޢަބްދުއްރަހީމް އަޙްމަދު ގެ އިތުރުން މެންބަރު އަކްރަމްއަލީ ނަޝާތު އެވެ.