English Edition
Dhivehi Edition

މިރޭ މާލޭގެ މަގުތަކުގައި ހަތިޔާރާއެކު ސިފައިން އޮޕަރޭޝަނެއް ފަށައިފިއެވެ.

ސިފައިން ހަތިޔާރާއެކު މާލޭގެ މަގުތަކަށް ނުކުތްއިރު، ފުލުހުން ވަނީ ބަލާ ފާސް ކުރުމުގެ ބޮޑު އޮޕަރޭޝަނެއް ފަށާފަ އެވެ. އެ އޮޕަރޭޝަނަކީ މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ހިމެނޭ ބައެއް މީހުންނާ ގުޅޭ ތަންތަން ފާސްކުރުމަށް ހިންގާ އޮޕަރޭޝަނެކެވެ.

އެ އޮޕަރޭޝަނުގައި މިރޭ މާލޭގެ ހަތަރު ތަނަކާއި އައްޑޫގެ ދެ ތަނެއް ފާސްކޮށްފައިވެ އެވެ. އަދި ޖުމްލަ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. ނަމަވެސް އެމީހުން ހައްޔަރުކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ.

މި އޮޕަރޭޝަނާ ގުޅިގެން ފުލުހުން ވެސް ވަނީ މާލެ އާއި އައްޑޫގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފަ އެވެ.