English Edition
Dhivehi Edition

ފުލުހުން ހިންގާ އޮޕަރޭޝަނުގައި މާލެއިން ދެވަނަ މީހަކު ހައްޔަރުކޮށްފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދެންމެ ހައްޔަރު ކުރީ ގ. އަނޫރާނީ ގެއިން ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް އެގެ ބަލައިފާސްކޮށްފައިވާއިރު ފުލުހުން ވަނީ އެގެއިން ލިޔެކިޔުންތަކެއްވެސް ގެންގޮސްފައެވެ.

މިއީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން މާލެ އާއި އައްޑޫސިޓީގައި ހިންގާ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގައި މާލެއިން ހައްޔަރު ކުރި ފުރަތަމަ މީހާ ހައްޔަރުކޮށްފައި ވަނީ ސޯސަން މަގުގައި ހުރި ގެއަކާއި ފިހާރައެއް އޭނާގެ ހާޒިރުގައި ބަލާ ފާސްކުރުމަށްފަހުގައެވެ.

ފުލުހުންގެ މި އޮޕަރޭޝަނުގައި އައްޑޫސިޓީ ފޭދޫ އިން ވެސް ވަނީ ރިޟްވާންގެ މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައެވެ. ފޭދޫ އިން ހައްޔަރުކޮށްފައި ވަނީ ރިޟްވާން ކިޑްނެޕް ކޮށްގެން ގެންގޮސް އެރުވި ދޯންޔަށް ލާރި ދެއްކި ފޭދޫ ގުރަހާގެ އަގްލީލް (ކިޑޫ)އެވެ.

މިހާރު ފުލުހުން ދަނީ ގ.އެކްސެލް ކިޔާ ގެއަކަށް ވަދެފައެވެ.

ފުލުހުން ވިދާޅުވީ މާލެ ސިޓީ އާއި އައްޑޫ ސިޓީގައި ހިންގާ މި އޮޕަރޭޝަނަށް ފުލުހުންގެ ސެކިއުރިޓީ ވަރަށް ވަރުގަދަކޮށްފައިވާ ކަމަށެވެ.