English Edition
Dhivehi Edition

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން މާލެ އާއި އައްޑޫގެ ބައެއް ގެތަކަށް ވަދެ ބަލާފާސްކުމުގެ ތެރެއިން މާލޭގެ ގެއަކުން މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

މާލެއިން ހައްޔަރު ކުރި މީހާ ހައްޔަރުކޮށްފައި ވަނީ ސޯސަން މަގުގައި ހުރި ގެއަކާއި ފިހާރައެއް އޭނާގެ ހާޒިރުގައި ބަލާ ފާސްކުރުމަށްފަހުގައެވެ.

ފުލުހުންގެ މި އޮޕަރޭޝަނުގައި އައްޑޫސިޓީ ފޭދޫ އިން ވެސް ވަނީ ރިޟްވާންގެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައެވެ. ފޭދޫ އިން ހައްޔަރުކޮށްފައި ވަނީ ރިޟްވާން ކިޑްނެޕް ކޮށްގެން ގެންގޮސް އެރުވި ދޯންޔަށް ލާރި ދެއްކި ފޭދޫ މީހާއެވެ.

ފުލުހުން ވިދާޅުވީ މާލެ ސިޓީ އާއި އައްޑޫ ސިޓީގައި ހިންގާ މި އޮޕަރޭޝަނަށް ފުލުހުންގެ ސެކިއުރިޓީ ވަރަށް ވަރުގަދަކޮށްފައިވާ ކަމަށެވެ.