ފުލުހުން، ގެތަކެއްބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
2 ހަފްތާ ކުރިން
އައިޝާ މުޙައްމަދު

ގެއްލުވާލާފައިވާ މީހުންނާއި މަރުގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓަކާ ގުޅިގެން ފުލުހުން ގެތަކެއް ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި ކަމުގެ މަޢުލޫމަތު ލިބިއްޖެ އެވެ. މި އޮޕަރޭޝަން މާލެ އާއި އައްޑޫ ސިޓީގައި

ކުރިއަށްދާނެ ކަން ވަނީ އެނގިފައެވެ.

Advt

Advertisement

މިހާރުވެސް ހ.ނައިޓްވިއު، ގެއާއި ގ. ނޫރާނީގެ އަށް ވަދެ ފާސް ކުރަމުންނެވެ. ފުލުހުންގެ ތަރުޖަމާނު އެ އޮޕަރޭޝަނާ ގުޅޭ ގޮތުން ވިދާޅުވީ އޮޕަރޭޝަނަކީ ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކާ ގުޅިގެން އެ ކޮމިޝަނުން ބަލާފާސްކުރަން ބޭނުންވާ ތަންތަނާއި، މީހުން ބަލާފާސްކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.ތަރުޖަމާނު ވިދާޅުވީ މި އޮޕަރޭޝަން ކުރިއަށް ދާއިރު މާލޭ އާއި އައްޑޫ ސިޓީގެ އާއްމު ސަލާމަތީ ކަންކަންވެސް ފުލުހުން އިތުރަށް ވަރުގަދަކޮށްފައިވާނެ ކަމަށެވެ.

ރިޟްވާން ރަހީނުކޮށްގެން ގޮސް އެރުވި ދޯނި ހަމަޖައްސައިދިން ކަމަށް ރިޕޯޓުގައި ބުނާ، ސ. ފޭދޫ ގުރަހާގެ އަގްލީލް (ކިޑް) ދިރިއުޅޭ ގެޔަށް ވެސް ފުލުހުން ވަދެއްޖެއެވެ. ރިޕޯޓުގައި ބުނާގޮތުން އޭނާއަކީ ރިޟްވާން ކަރުބުރިކުރަން އެރުވި ދޯންޏަށް ފައިސާ ދެއްކި މިހާއެވެ.