ސައުދިއަރަބިއްޔާގެ ޝާހީ އާއިލާއިން އުމްރާއާއި ޙައްޖުގެ ވިސާއަށް ލުޔެއް ދީފި
2 ހަފްތާ ކުރިން
ޝާން މުޙައްމަދު

ސައުދިއަރަބިއްޔާގެ ޝާހީ ޢާއިލާއިން އުމްރާ އަށާއި ޙައްޖުގެ މަތިވެރި އަޅުކަމަށް ދާ ފަރާތްތަކުގެ ވިސާ ފީއަށް ލުޔެއް ލިބޭގޮތަށް ހަމަޖައްސަވައިފި އެވެ. މި އިސްލާހު ގެންނެވީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދް އާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެވެ.

ސައުދީގެ ރަސްގެފާނާއި އެޤައުމުގެ ވަލީއަހުދު މި ގެންނެވި އިސްލާހަށް އެޤައުމުގެ ޙައްޖާއި ޢުމްރާ އާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ސޯލިހު  ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

Advt

Advertisement

ޑރ. މުޙައްމަދު ސޯލިހު ވަނީ މިއީ ޙައްޖާއި އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ޒިޔާރަތްކުރާ މުސްލިމުންގެ އަދަދު އިތުރުވަމުންދާ ދިއުމަށް ސައުދީން މަރުޙަބާ ކިޔާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ޝާހީ އާއިލާއިން ގެނައި މި ބަދަލާއި އެކު އެ ޤައުމަށް ޙައްޖާއި އުމްރާއަށް އެއްފަހަރަށްވުރެ ގިނަ ފަހަރަށް ދިޔުމުން ނަގާ “ތަކުރާރު ފީ” ނެގުން ހުއްޓޭނެ އެވެ.