English Edition
Dhivehi Edition

އެޕަލްގެ ފޭނުން އެތައް މަހެއް ވަންދެން ކުރަމުން އައި އިންތިޒާރުގެ ނިމުން މިރޭ ލައިވްކޮށް އެޕަލް ކުންފުނީގެ ވެބްސައިޓުން ބަލައިލެވޭނެވެ. މި އިވެންޓް އޮންނާނީ އެމެރިކާގެ ކެލިފޯނިޔާގައި ހުންނަ އެޕަލް ކެމްޕަސްގެ ސްޓީވް ޖޮބްސް ތިއޭޓާގައި މިރޭ ރާއްޖެ ގަޑިން 10 ޖަހާ އިރުގައި އެވެ.

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 10 ވަނަ ދުވަސް ބާއްވާ އިވެންޓް ވެގެންދަނީ އެޕަލް ކުންފުނީގެ ފޭނުން އެދުވަހެއްގައި ކުންފުނިން ނެރޭ އުފެއްދުމަކަށް ކަރުހިއްކުވާލާ އިވެންޓަކަށެވެ.

ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުން ބުނަނީ މިފަހަރު އެޕަލް ކުންފުނިން އެކުންފުނީގެ އެންމެ ފަހުގެ އައިފޯނުގެ އާ ޕްރޮޑެކްޓެއް ދައްކާލާނެ ކަމަށެވެ. އަދި މިފަހަރުގެ އިވެންޓުގައި އާ އަޕްޑޭޓެއް ވެސް އަންނާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

މިފަހަރުގެ އިވެންޓުގައި “އެޕަލް ވޮޗް” އާއި އެޕަލް ޓީވީގެ އިތުރުން މެކްބުކް ގެ އާ ވާހަކަތަކެއްގެ ޚަބަރު އިވޭނެ ކަމަށްވެސް ބެލެވެއެވެ.

ތުންތުންމަތިން މައުލޫމާތު ލިބޭ ގޮތުގައި އައިފޯން 11 ގެ އަގު 1000 ޑޮލަރަށްވުރެ މަތިވާނެ އެވެ.

ޓެގު