English Edition
Dhivehi Edition

ފްރެންޗް ރޭޑިޔޯ ގައި ވާހަކަ ދައްކަވަމުން ފަރަންސޭސިވިލާތުގެ ސިއްޙަތާއި ބެހޭ ވަޒީރު އެގްނީޒް ބުޒީން ވިދާޅުވީ ހޫނުގަދަވުމުގެ ސަބަބުން އެޤައުމުން މަރުވި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ 75 އަހަރުން މަތީގެ މީހުން ކަމަށެވެ.

ބުޒީން ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައިވާތީ ޝުކުރު ދަންނަވާކަމަށާއި، މިފަހަރު މަރުވިމީހުންގެ އަދަދު 10 ގުނަ މަދުކަމަށެވެ. 2003 ވަނަ އަހަރު ޔޫރަޕަށް ކުރި ހޫނުގައިި މިފަހަރު މަރުވިމީހުންގެ 10 ގުނަ އިތުރަށް މީހުން މަރުވިއެވެ.

ފްރާންސް އަށް އެންމެ ހޫނުގަދަވީ ޖޫން މަހުގައި އެވެ. އެގޮތުން ޖޫންމަހު ފްރާންސްގެ ފިނިހޫނުމިން ހުރީ 46 ޑިގްރީ(114.8F) ސެލްޒިއަސްގައެވެ. ފްރާންސްގެ ވެރިރަށް ޕެރިހުގެ ފިނިހޫނުމިން ހުރީ 42.6 ޑިގްރީ ސެލްޒިއަސް ގައެވެ.

ފްރާންސްގެ ސިއްޙަތާއި ބެހޭ ވުޒާރާއާއި ހަވާލާދީ އެޤައުމުގެ ޙަބަރުފަތުރާ ވަސީލަތްތަކުން ބުނީ މި އަހަރު ފްރާންސްއަށް ދެފަހަރެއްގެމަތިން ހޫނުގަދަ ވެފައިވާކަމަށާއި އެގޮތުން ފުރަތަމަ ފަހަރު، ޖޫން 24 އިން ޖުލައި 7 އަށް 567 މީހުން މަރުވި ކަމަށެވެ. އަދި 21 ޖުލައި އިން 27 ޖުލައި ގައި 868 މީހުން މަރުވި ކަމަށެވެ.

ޓެގު