English Edition
Dhivehi Edition

16 އަހަރުގެ އަންހެން ކުއްޖަކަށް މަސްތުވާތަކެތި ދީ ބަދުއަހުލާޤީ އަމަލު ހިންގަން ތިއްބާ ފުލުހުން އަތުލައިގެންފި އެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގާފައި ވަނީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި ކަމަށާއި ކުއްޖާގެ ހައްޤަށް އުނިކަމެއް އަތުވެދާނެތީ ރަށް ވަނީ ސިއްރުކުރެވިފައެވެ.

“ރާއްޖޭގެ ދެކުނުގެ އަތޮޅެއްގެ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް މަސްތުވާތަކެތި ދީ، ބަދުއަހުލާޤީ ޢަމަލުހިންގަން ތިބިކަމުގެ މަޢުލޫމާތު 2019 ސެޕްޓެމްބަރު 6 ވަނަ ދުވަހުގެ 01:45 ހާއިރު، ފުލުހުންނަށް ލިބިފައިވޭ.” ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާގައި ހައްޔަރު ކޮށްފައިވަނީ 33 އަހަރުގެ ފިރިހެނަކާއި 44 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ޖެންޑަރ މިނިސްޓްރީން ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. އެ މިނިސްޓްރީން ވިދާޅުވީ މި މައްސަލަ ހުށަހެޅިފައިވާ ކަމަށާއި މިމައްސަލައިގެ އިތުރު މައުލޫމާތު ހާމަކުރަށްވާނެ ކަމަށެވެ.