English Edition
Dhivehi Edition

ޒިމްބާބުވޭގެ ބޮޑުވަޒީރުކަން 7 އަހަރު ކޮށް އެޤައުމުގެ ރައީސްކަން 30 އަހަރު ކުރެއްވި އެޤައުމުގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ އުމުރުފުޅުން 95 އަހަރުގައި އަވަހާރަވެއްޖެއެވެ.

ރޮބަޓް މުގާބޭ އަވަހާރަވިކަން އެޤައުމުގެ ރައީސް އެމާސަން މަނަންގާގުވާ ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. މުގާބޭ އަވަހާރަވިއިރު އޭނާ ގެންދެވީ ސިންގަޕޫރުގެ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވަމުންނެވެ.

ވެރިކަމުގައި ހުންނަވަނިކޮށް އެޤައުމުގެ އަސްކަރިއްޔާއިން ބަޣާވާތް ކުރުމުން މުގާބޭ ވަނީ 2017 ވަނަ އަހަރު ވެރިކަމުން އިސްތިއުފާ ދެއްވާފަ އެވެ. އެ ބަޣާވާތް ފެށުނީ މުގާބޭ އޭނާގެ ނައިބު ރައީސް މަގާމުން ދުރުކޮށް މުގާބޭގެ އަނބިކަނބަލުން ނައިބަކަށް އައްޔަންކުރަން އުޅޭކަމުގެ ޙަބަރުތައް ފެތުމުންނެވެ.

މުގާބޭ އަށް އޭގެ ފަހުން ސިޔާސީ އެތަކެއް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނެވެ. މުގާބޭގެ ޕާޓީން އޭނާ ލީޑަރު ކަމުން ވަކިކޮށް މިހާރު އެޤައުމުގެ ރައީސް މަނަންގާގުވާ ޕާޓީގެ ލީޑަރުކަމަށް ގެނައެވެ.

އެޤައުމުގެ ރައްޔިތުން ދެކޭ ގޮތުގައި މުގާބޭ އަކީ ޒިމްބާބުވޭގެ ބައްޕައެވެ.