English Edition
Dhivehi Edition

ގުއާމްގެ ދަނޑުގައި މިއަދު ހެނދުނު ގުއާމްއާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ރާއްޖެ 1-0 ގެ ތަފާތަކުން މޮޅުވެއްޖެ އެވެ.

ގްރޫޕް އޭގެ ފުރަތަމަ މެޗުން ދިވެހިރާއްޖެއަށް ފުރަތަަމަ ލަނޑު ޖަހައިދިނީ ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ޤައުމީ ޓީމުގެ ފޯވަޑް އިބްރާހިމް މަހުދީ އެވެ. މި މެޗުގައި ގުއާމްގެ ކުޅުންތެރިންނަށް ވަނީ ގިނަ ކާޑުތަކެއް ދައްކާފަ އެވެ.

މި ގްރޫޕްގައި ރާއްޖެއާއި ގުއާމްގެ އިތުރުން ދެން ހިމެނެނީ ޗައިނާ އާއި ސީރިޔާ އަދި ފިލިޕީންސް އެވެ. ދެން ރާއްޖެ ނިކުންނާނީ މާލޭގައި ކުޅޭ ކޮލިފައިން މެޗުގައި ޗައިނާ އާއި ދެކޮޅަށެވެ. މި މެޗު އޮންނާނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

2022 ވަނަ އަހަރު ވޯލްޑް ކަޕް ބާއްވަން ހަމަޖެހިފައިވަނީ ގަތަރުގައި އެވެ.