English Edition
Dhivehi Edition

މުހައްމަދު މުރްސީ ގެ ދަރިކަލުން، އުމުރުން 24 އަހަރުފުޅުގެ އަބްދުﷲ މުރްސީ އަވަހާރަވީ ރައްޓެއްސަކާއި އެކު ކާރުކޮޅުގައި ހުންނަވަނިކޮށް ހިތް ހުއްޓިގެން އިއްޔެގެ ވަގުތެއްގައި އެވެ.

އަބްދުލްﷲ މުރްސީ ފާހަގަ ވެގެން ގޮސްފައިވަނީ ބައްޕާފުޅުގެ ވެރިކަން ދުރުކޮށް ޖަލަށް ލެވުމުން އެ އާއިލާގެ ތަރުޖަމާނެއްގެ ގޮތުގައެވެ. އަބްދުލްﷲ މުރްސީ ވިދާޅުވަނީ އޭނާގެ ބައްޕާފުޅު އަވަހާރަވީ ނޫންކަމަށާއި ބަޔަކު އަވަހާރަ ކޮށްލީ ކަމަށެވެ.

މިސްރުގެ ރައީސް ކަމުގައި ހުންނަވަނިކޮށް އެޤައުމުގެ އަސްކަރިއްޔާއިން ގެނައި ބަޤާވާތަކުން ވެރިކަމުން ދުރުކޮށް ޖަލުގައި ހުންނަވަނިކޮށް މުރްސީ އަވަހާރަވީ ޖޫން މަހުގައި އެވެ. އޭރު މުރްސީ ގެ އުމުރުފުޅަކީ 67 އަހަރުފުޅެވެ.

މުސްލިމް ބްރަދަހުޑްގެ އިސް ބޭފުޅެއްގެ ގޮތުގައި މުރްސީ ފާހަގަ ކުރެވިފައި ވެއެވެ. މުރްސީ ވެރިކަމުން ދުރުކޮށް ޖަަލަށް ލެވުނީ 2013 ވަނަ އަހަރުގައެވެ.