English Edition
Dhivehi Edition

އައްޑޫސިޓީ ގައި އިއްޔެ ފެށިގެން ކުރިއަށްދާ ބައިންއަޤްވާމީ ޓީޗާސް ކޮންފަރެންސް ގެ ހަވާސާގައި މިއަދު ހުރިހާ ބައިވެރީންނަށް އާލީ މޯނިން ޓުއަރ އެއް ބާއްވާފައެވެ. މިއަދު ހެނދުނު 6 ޖެހި އިރު އޮތް މި ޓުއަރ އޮތީ ހިތަދޫ ފަތާ ޓްރެކް ސަރަޙައްދުގައެވެ. މިޓުއަރ ގައި ބައިވެރިންގެ މިއަދުގެ ހެނދުނުގެ ނާސްތާއާއިއެކު ދިވެހިންގެ ސަޤާފަތް ދައްކާލުން އެސަރަޙައްދުގައި ހުންނަ ޖަޒީރާ ގާޑިއާގައި ކުރިއަށް ދިޔައެވެ. މިއަދުގެ ޓުއަރ އަކީ ދެކުނުގެ އަތޮޅުތަކަށް އަމާޒުކޮށްގެން އުފައްދާފައިވާ އަމިއްލަ ޖަމްޢިއްޔާ އެއް ކަމުގައިވާ ސްކީމް އާއި ޖަޒީރާ ގާޑިއާ އަދި މަލްޓި ސުޕަމާޓްގެ ހެޔޮއެދުންތަކާއެކު ކުރިއަށް ދިޔަ ޙަރަކާތެއްކަމަށް އެން އައީ އިން މަޢުލޫމާތު ދެއްވައެވެ.

މިއަދު ގެ ޙަރަކާތުގައިވަނީ ދިވެހި ސަޤާފީ ގިނަ ކަންތައްތަކެއް ދައްކާލާފައެވެ. އޭގެ ތެރޭގައި އިޔު ޒަމާނުގައި އައްޑޫގައި ކޮށް އުޅުނު މަސައްކަތް ތަކާއި ހެދުން އެޅުމުގެ ވައްޓަފާޅި ހުރި ގޮތާއި،ކުޅުނު ކުޅިވަރުތައް ދައްކާލުން އޮތެވެ. ހެނދުނުގެ ނާސްތާވެސް އޮތީ ދިވެހި ކެއިންބުއިމާއެކު ވަރަށް ދިވެހި ވަންތަ މާޙައުލެއްގައެވެ.