English Edition
Dhivehi Edition

މިއަދު ހެނދުނު 9 ޖެހި އިރު ވަނީ ޓީޗާސް ކޮންފަރެންސް ގެ ދެވަނަ ދުވަސް ފަށާފައެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިއަދުގެ ކީނޯޓް ޗްޕީކަރ އެއްގެ ގޮތުގައި ކޮންފަރެންސް ގައި ތަޤްރީރު ކުރެއްވީ ޔޫކޭގެ ޔޫޝޯ ކޮލެޖްގެ ސެންޓަރ ފޯ އިވެލުއޭޝަން އެންޑް މޮނިޓަރިން ޑައިރެންޓަރ އޮފް ޕޮލިސީ މިސް ކެތެރީން ބައިލޭ އެވެ. އޭނާގެ ތަޤްރީރު ބިނާ ކުރައްވާފައި ވަނީ ހުރިހާ ފަރާތްތަކަށް ހަމަ ހަމަ އުސޫލެއްގެ ދަށުން ތަޢުލީމް ފޯރުކޮށްދިނުމުގެ މުހިއްމު ކަމުގެ މައްޗަށެވެ. ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ކުރިއަށްދާ ޓީޗާސް ކޮންފަރެންސްގެ މިގަޑީގެ މޮޑަރޭޓަރ އަކީ މިސް އާތިޔާ ނަސީރެވެ. ރެޕެޗުއަރ އަކީ މިސް ޢައިޝަތު ޝިބާނާއެވެ.

ޓީޗާސް ކޮންފަރެންސް ގައި މިހާރު ކުރިއަށްދަނީ ޕެނަލް ޑިސްކަޝަން އެވެ. މި ޑިސްކަޝަން ގައި މަޢުލޫމާތު ދެއްވަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންގެ ޓީމަކުންނެވެ.

ބައިނަލް އަޤްވާމީ ޓިޗާސް ކޮންފަރެންސް ގައި އިއްޔެ އެކޭ އެއްފަދައިން މިއަދު ވެސް ދެން ކުރިއަށް ދާނީ ބައިވެރިންގެ ކަރުދާސްތައް ހުށަހެޅުމާއި އެކި ދާއިރާތަކަށް ބޭއްވޭ މަސައްކަތު ބައްދަލުވުންތަކެވެ. ޓީޗާސް ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު 3.40 ގައެވެ.