English Edition
Dhivehi Edition

5 މަސްވަންދެން ހޮންކޮންގ ގައި ކުރިއަށްދާ މުޒާހަރާއަށް ނިމުން ގެނެސް ހޮންކޮންގެ ލީޑަރު އެންމެ ފަހުން އަމާން ދީފިއެވެ. މި މުޒާހަރާތަކުގައި އެތައް މިލިއަން މީހުން ވަނީ ބައިވަރު ވެފައެވެ.

ހޮންކޮންގ ގައި މުޒާހަރާ ފަށާފައި ވަނީ އެޤައުމުގެ ހޮންކޮންގެ ލީޑަރު ކެރީ ލަމް ހޮންކޮންގ ގެ ކުށްވެރިން ޗައިނާ އާއި ހަވާލު ކުރުމަށް އެކްސްޓްރަޑިޝަން ބިލެއް ފާސް ކުރުމަށް ނިންމާފައި ވަނިކޮށެވެ.

ނަމަވެސް އެތައް މިލިއަން މީހުން ހޮންކޮންގ ގެ އެކި ހިސާބުތަކުގައި މުޒާހަރާކުރަން ފެށުމުން ކެރީ ލަމް ވަނީ އެކްސްޓްރަޑިޝަން ބިލް ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ކުރިއެކޭ އެއްގޮތަށް މުޒާހަރާ ހުއްޓުމެއްނެތި ކުރިޔަށް ގެންދިޔައެވެ. އެމީހުން ބޭނުންވަނީ ޗައިނާއަށް ހޮންކޮންގ ގެ ކުއްވެރިން އެކްސްޓްރަޑައިޓް ނުކުރުމަށެވެ.

ހޮންކޮންގ ގައި ކުރަމުންދާ މުޒާހަރާ ގައި އެތަށް ބަޔަކު މަރުވެފައިވާ އިރު އެތައް ބަޔަކަށް ވަނީ އަނިޔާ ވެފައެވެ. އެޤައުމުގެ އެއާޕޯޓުގައި ވެސް މުޒާހަރާކޮށްފައި ވާއިރު ހޮންކޮންގ ގެ އިގްތިޞައުދަށް މިކަމުގެ އަސަރު ކުރާނެ އެވެ. އެއާޕޯޓް ގައި ކުރި މުޒާހަރާއާ ގުޅިގެން އެތައް ފްލެއިޓެއް ވަނީ ކެންސަލް ވެސް ކޮށްފައެވެ.