English Edition
Dhivehi Edition

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގެންފިއެވެ.
މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް އަލްވަދާއު ވިދާޅުވީ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދެވެ. މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް އެމަނިކްފާން ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ލަންކާ ބޮޑުވަޒީރާއި ރައީސް ސޯލިހު ވަނީ ބައްދަލުކޮށް، ދެގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ބާއްވާފަ އެވެ. އަދި ދެގައުމުގެ މެދުގައި ވަނީ ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެއީ ވިސާ ފެސިލިޓޭޝަން އެއްބަސްވުމާއި، އިޖުތިމާއީ ރައްކާތެރިކަމާ ގުޅޭ އެއްބަސްވުމަކާއި، ވޮކޭޝަނަލް ތަމްރީނާއި ޒުވާނުންގެ ކުރިއެރުމާ ގުޅޭ އެއްބަސްވުމާއި، މަތީ ތައުލީމާ ގުޅޭ އެއްބަސްވުމެކެވެ.

މި ދަތުރުފުޅުގެ ތެރެއިން ލަންކާއިން ވަނީ ދިވެހިންނަށް އެގައުމުގައި ގުނަވަން ބަދަލު ކުރުމުގެ އޮޕަރޭޝަންތައް ކުރެވޭނެ ގޮތް ހަދާފަ އެވެ.
އޭގެ އިތުރުން ލަންކާގައި ކިޔަވާ ދިވެހި ކުދިންނަށް 18 އަހަރު ވަންދެން އެ ކުދިންގެ މައިންބަފައިންނާއި، މާމަ އަދި ކާފައިންނަށް ވެސް ވިސާ ލިބޭނެ ގޮތް ބޮޑުވަޒީރުގެ މި ދަތުރުފުޅާއެކު ވަނީ ފަހިކޮށްދެއްވާފައެވެ.
އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަމުން ބޮޑުވަޒީރު ރަނިލް ވަނީ ރާއްޖެއިން ޑިމޮކްރަސީގައި ހޯދަމުންދާ ކާމިޔާބީފާހަގަ ކުރައްވާ މަރުހަބާ ދަންނަވާފަ އެވެ.
މި ދަތުރުފުޅުގައި ލަންކާގެ ބޮޑުވަޒީރު ވަނީ އިއްޔެ ރާއްޖޭގައި ފެށި އިންޑިއަން އޯޝަން ކޮންފެރެންސް ގައި ވެސް ބައިވެރިވެވަޑައިގެންފަ