English Edition
Dhivehi Edition

ހުރިހާއަންހެނުންނަކީ ނަލަހެދިގެން ޑޭޓްތަކަށްދާ ބައެއްނޫނެވެ. ދާދިފަހުން ސޮސައިޓީ ފޯ ޕާސަނަލިޓީ އެންޑް ސޯޝަލްސައިކޮލޮޖީ އިން ކުރި ދިރާސާއެއްގައި ބުނެފައިވަނީ ބައެއް އަންހެނުން ޑޭޓްތަކަށްދަނީ ފިރިހެންމީހާ އާ މާގަޔާވެގެން ނޫންކަމަށާއި ހަމައެކަނި ޑޭޓަށްގޮސް ހިލޭ މީރު ކެއުމެއް ކާލުމުގެ ބޭނުމުގައި ކަމަށެވެ.

މިދިރާސާ ހެދިފަރާތުންވަނީ 820 އަންހެނުން ކައިރިން ޑޭޓްތަކަށްދާ އަސްލު ސަބަބު އަހާފައެވެ. މީގެތެރެއިން %23 އަންހެނުން ބުނީ ޑޭޓްތަކަށްދަނީ އެމީހުންގެ ލާރިގަނޑު ގެބޭނުމުގައި ކަމަށެވެ. ދެވަނައަށް ސުވާލު ކުރިގްރޫޕްގެ ހިމެނޭ 327 އަންހެނުންނާ ސުވާލުކުރުމުން މިމީހުންގެ ތެރެއިން %33 އަންހެނުން ބުނީ އެމީހުން ޑޭޓްތަކަށްދަނީ ހަމަ އެކަނި ހިލޭ މީރު ކެއުމެއްކާލުމުގެ ބޭނުމުގައި ކަމަށެވެ.

މިދިރާސާކުރި ބައިވެރިން ކަމަށްވާ، ބްރިއަން، ޖެނިފާ، އަދި ޓްރިޝާ ބުނެފައިވަނީ އެމީހުންނަށް ފާހަނގަ ކުރެވުނުއަނެއް ކަމަކީ މިގޮތަށް އުޅޭ އަންހެނުންނަކީ އާންމުކޮށް ނަފްސާނީ ކޮންމެވެސް މައްސަލަތަކެއް ހުރިމީހުންކަމަށެވެ. އަދި މިމީހުންގެ ކިބައިގައި  ވައިލެންޓް ސޯޝަލް ބިހޭވިއާ ހުންނަކަމަށެވެ.

ބައެއްމީހުންގެ މިޒާޖްގައި މިކަހަލަ އަމަލުހުރިނަމަވެސް ގިނައަންހެނުންނަކީ ބައިވެރިޔާ އަށް ފުރަތަމަދުވަހުވެސް ރަނގަޅު ވަފާތެރި މީހުންނެވެ. ލޯބިވެރިޔާއެކު ފުރަތަމަ ފަހަރަށް ޑޭޓްއަކަށްދާ ވަގުތަކީ ލޯބިވެރިޔާގެ ހިތް ތިމާއަށް ލަންބާލުމަށް އޮންނަ އެންމެ ފުރަތަމަ ފުރުސަތެވެ. މިފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފިއްޖެނަމަ ދެން ލޯބިވެރިޔާގެ ލޯބި ލިބުމަކީ ވަރަށް އުދަގޫ ކަމެކެވެ. ގިނަ އަންހެނުން ދެކޭގޮތުގައި މިވަގުތުކޮޅަކީ ޒަވާޖީ ހަޔާތެއް ފެށުމަށް ރަނގަޅު ބައިވެރިޔަކު ހޯދަން އެންމެ ރަނގަޅު ވަގުތުކަމަށް އެމީހުން ބުނެއެވެ.