English Edition
Dhivehi Edition

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި އައިޝާ ޝުޖޫނު އަދި ޑރ. އަޒްމިރަލްދާ ޒާހިރު އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ އަޣުލަބިއްޔަތުން ޝުޖޫނު އަދި ޑރ. އަޒްމިރަލްދާ ޒާހިރު އަށް ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމަށް ރުހުން ދީފަވެއެވެ.

ޑރ. އަޒްމިރަލްދާ ޒާހިރު އާއި އައިޝާ ޝުޖޫން، ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަށް ލަފާ ދީފައެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި ހަތަރު ބޭފުޅަކު ވަނީ ކުރިމަތި ލާފައެވެ. މި ހަތަރު ބޭފުންނަކީ ވެސް ފިރިހެނުންނެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އަންހެން ބޭފުޅުން އައްޔަން ކުރާތީ ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ދަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަކުންނެވެ.