English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް

އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާތަކެތީގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ހަސަތޭކައަށްވުރެ ގިނަ މައްސަލައެއްގެ ހިމެނޭ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ 689 މައްސަލައާއި ގުޅިގެން އޯގަސްޓް 31ވަނަ ދުވަހު ދޫނިދޫގައި ނައްތާފައިވަނީ 2010 އިން 2019 އަށް ހުށަހަޅާފައިވާ މި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 9834 ބިޔަރު ދަޅާއި 5609 ފުޅި ބަނގުރަލާއި 871 ޕެޓް ފުޅި އާއި 5 ލީޓަރުގެ 48 ފުޅި އާއި 20 ލީޓަރުގެ 57 ހަމާއި 07 ބާލިދީ އާއި 03 ޓައްޕުގައި ހުރި ބަނގުރަލާއި އެހެނިހެން 617 ބާވަތް ކަމަށެވެ.

ނައްތާލާފައިވާ އެހެނިހެން ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ހުސްފުޅި އާއި ހުސްދަޅާއި އަދި އެތަކެތި ބަންދުކުރުމަށް ބޭނުންކުރާ ކަރުދާސް ފޮއްޓާއި ބަނގުރާ ތައްޔާރުކުރުމަށް ބޭނުންކުރާ އާލާތްތަކުގެ އިތުރުން ބިއްލޫރި ތައްޓާއި، ބަނގުރަލުގެ އަސަރު އެކުލެވޭ އެހެނިހެން ބައެއް ތަކެއްކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ، ބަނގުރަލާ ނައްތާލުން ދޫނިދޫގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.