ޒަރިންޚާނަށް މަލާމާތް ކުރި އެންމެނަށް އޭނާ ރައްދު ދީފި
3 ހަފްތާ ކުރިން
ލުބްނާ މަޖީދް މުޚުތާރް

ބޮލީވުޑްގެ ތަރި ޒަރިންޚާން އިންސްޓަގްރާމުގައި  ހިއްސާކުރި ފޮޓޯއަކަށް މަލަމާތް ކުރި އެތައް ބަޔަކަށް އޭނާ ރައްދުދީ ފިއެވެ.

ޒަރީން އިއްޔެގެ ވަގުތެއްގައި އިންސްޓަގްރާމްގައި ހިއްސާކުރި އޭނަގެ ފޮޓޯއިން ބަނޑު ފެންނަން ހުރި އިރު ބަނޑުގައި ސްޓްރެޗްމާކް ހުރިތަން ފެނެއެވެ. އެފޮޓޯ ލުމާއެކު އެތައްބަޔަކު ވަނީ އޭނައަށް މަލާމާތްކޮށް ކޮމެންޓްކޮށްފައެވެ. ޖަވާބުގައި ޒަރީން ބުނީ މިފޮޓޯގައި ފެންނަނީ ބަރުދަނުން 50 ކިލޯ ލުއިކޮށްފައިވާ މީހެއްގެގުދުރަތީ ސިފައިގައިފެންނަ ބަނޑެއްކަމަށެވެ. އަދި މިމަންޒަރަކީ ސާޖަރީއަކާނުލާ ނުވަތަ ފޮޓޯޝޮޕް ނުކޮށް ހުންނައިރު ފެންނާނެގޮތް ކަމަށެވެ. މީގެ އިތުރުން ޒަރީން ބުނެފައިވަނީ އޭނައަކީ އަބަދުވެސް އޭނަގެ ހަށިގަނޑުގައި ހުންނަ އައިބުތައް ފޮރުވަން ނޫޅޭއަދި ގުދުރަތީ ސިފަތަކަށް އުޅެން ލޯބިވާމީހެއް ކަމަށެވެ.

Advt

Advertisement

ޒަރީންއަށް ބަޔަކު ކުރަމުންދިޔަ މަލާމާތްފެނިފައި ބޮލީވުޑްގެ ތަރި އަނުކްޝާ ޝަރުމާވެސް ވަނީ ޒަރީންގެ ދިފާއުގައި މެސެޖެއްކޮށްފައެވެ. އޭނާ ބުނެފައިވަނީ ޒަރީންއަކީ ބޭރުފުށުންނާއި އެތެރެފުށުންވެސް ރީތި ފުރިހަމަ އަދި ހިއްވަރުގަދަ އަންހެނެއް ކަމަށެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރިންނަކީ އާންމުގޮތެއްގައި ރީތުވުމަށް އަދި އައިބުތައް ފޮރުވުމަށް ސާޖަރީކޮށްފައިވާ ތަރިންނެވެ. އެގޮތުން ސާޖަރީކޮށްފައި ވާ ބައެއް ތަރިންނަށް ބަލާއިރު ޝިލްޕާ ޝެޓީ ވަނީ އޭނަގެ ނޭފަތް ސާޖަރީކޮށް ރީތި ކޮށްފައެވެ. އަދި ކަރީނާ ކަޕޫރުވަނީ ކޮލުގެކަށިގަނޑު ރީތިކުރުމަށް ސާޖަރީއެއް ހަދާފައެވެ.

ޒަރިންހާން ދެން އެންމެ އަވަހަށް ފެނިގެންދާނީ “ހަމްބީ އަކޭލޭ ތުމްބީ އަކޭލޭ” އިންނެވެ.