English Edition
Dhivehi Edition

އައްޑޫސިޓީގައި ގާޑިޔާހިންގާ ފަރާތްތައް ގަވާއިދަށް ސަމާލުވުމަށް އައްޑޫސިޓީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.

މިއަދު ކައުންސިލްގެ އިދަރާއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު ނަމްބަރ (2014/18) ގައި ވާގޮތުގެ މަތިން އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމަށްފަހު ކުރަން އެދޭ ވިޔަފާރިއަކީ ސަރުކާރުގެ ކަމާއި ބެހޭ އިދާރަގެ ހުއްދަ ހޯދަންޖެހޭ ވިޔަފާރި އެއްނަމަ، އެވިޔަފާރިއެއް ކުރަންވާނީ ކަމާއިބެހޭ އިދާރަތަކުން ހުއްދަނަގައިގެން ކަމުގައި ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ކައުންސިލުން ވިދާޅުވީ، ގާޑިޔަލުން ވިއްކޭނީ ކުރުނބާ، ދުފުމަށްބޭނުންވާ ސާމާނު،ހެދިކާގެ ބާވަތް ތަކުގެ އިތުރުން ގިނަދުވަހަށް ބޭނުން ކުރެވޭގޮތަށް ލޭބަލްކޮށް ތައްޔާރުކޮށްފައިވާ ތަކެތި، މަސްކާށި، މަސްކުރޮޅި، އަދި ދަނޑުވެރިކަމުން އުފައްދާތަކެތި ފަދަ ބާވަތް ކަމަށެވެ. އަދި ގާޑިޔަލުން އިމްޕޯޓްމުދާ އަދި ކާބޯތަކެތި ތައްޔާރުކޮށްގެން ނުވިއްކޭނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. އެހެން ނަމަވެސް ގާޑިޔާ ބަހައްޓައިގެން ވިޔަފާރި ކުރާފަރާތް ތަކުން ގާޑިޔަލުން ހިންގޭނެ ވަރަށްވުރެ ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ ކަމުގެ ޝަކުވާ ކައުންސިލަށް ލިބިފައިވާކަމަށް އެއިއުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެއިއުލާނުގައި ބުނެފައިވަނީ، ވިޔަފާރި ހިންގާ ތަންތަނާއި ގާޑިޔާތައް ޗެކްކޮށް އިނިސްޕެކްޓް ކުރުމުގެ މަސައްކަތް އަވަށު އޮފީސްތަކުން ކުރަމުން ދާމިދަނޑިވަޅުގައި ގާޑިޔާ ހިންގާފަރާތް ތަކުން މިކަމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. މީގެ އިތުރުން ގަވައިދާއި އެއްގޮތަށް ނުހުންނަ ތަންތަނާއި މެދު އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށެެވެ.