މައްސަރުދުވަސްތައް ގަވައިދުން ނުޖެހޭނަމަ ގޭގައި މިފަރުވާ ދެވިދާނެ
3 ހަފްތާ ކުރިން
ލުބްނާ މަޖީދް މުޚުތާރް

މައްސަރުދުވަސްތައް ގަވައިދުން ނުޖެހުން (އިރެގިއުލަރ ޕީރިއޮޑް) ގެ މެޑިކަލް ނަމަކީ އޮލިގޯމޮނޯރެއާ އެވެ. މިއީ އާންމުކޮށް ވަރަށް ގިނަ އަންހެނުނަށް ދިމާވާ މައްސަލައެކެވެ. އާންމުގޮތެއްގައި މައްސަރުދުވސްތައް ގަވައިދުން ނުޖެހެނީ މާބޮޑަށް ހަށިގަނޑު ހިކިއަނަރޫފަވުމުން ނާއި ބައެއްކަހަލަ ސިއްޙީމައްސަލަތަކުން ނާއި ދިރިއުޅުމުގައި ބައެއްފަހަރު ދިމާވާ ސްޓްރެސް ތަަކާއި އެކިކަހަލަ ކަންތަކާ މާބޮޑަށް ވިސްނާ ފިކުރު ކުރުމުން ހޯމޯންއަށް ދިމާވާ މައްސަލަތަކުނެވެ. އާންމުގޮތެއްގައި މިމައްސލަދިމާވުމުން ބައެއްމީހުން މާބޮޑުކަމަކަށް ނުހަދާތިބެއެވެ. އެހެން ނަމަވެސް އަންހެނުންނަކީ ދަރިމައިވާ ބަޔަކަށްވެފައި މާބަނޑުވުމަށް މިކަމުން ހުރަސްއެޅެއެވެ. ބައެއްފަހަރު ދިރިއުޅުމުގައި ކަންތައްތައް ހުންނަގޮތުން ޑޮކްޓަރަށް ދައްކާލުމަށް ދިޔުމަށް ވަގުތު ނުލިބޭނަމަ މިމައްސަލައަށް ގެގައިވެސް ފަރުވާދެވިދާނެއެވެ.

ތިރީގައިމިވަނީ މައްސަރުދުވަސްތައް ގަވައިދުން ނުޖެހުމުން ގޭގައި އަމިއްލައަށް ދެވިދާނެ ބައެއް ފަރުވާތަކެވެ.

Advt

Advertisement

ނޯޓް: މިފަރުވާގައި ބޭނުންކުރާ ބައެއް ތަކެއްޗަކަކީ މާބަނޑުވެ ހުންނަ މީހާއަށް ނުރައްކާ ތަކެތިކަމަށް ވުމުން އަބަދުވެސް މައްސަރުދުވަސްތައް ލަސްވީ ބަލިވެއިނުމުންތޯ ޔަގީންކުރުމަށް ފަހުނޫނީ މިތަކެތިބޭނުން ނުކުރާށެވެ. މި ހޯމް ރެމެޑީ ބޭނުން ކުރުމުގެ ކުރިން ބަލިވެއިންތޯ ޔަގީންކުރަންވާނެއެވެ. 

ޕާސްލީ:

ޕާސްލީ  އަކީ ޒަމާނުއްސުރެ މައްސަރުދުވަސްތަކަށް ފަރުވާ ދިނުމަށް ބޭނުން ކުރަމުން އަންނަ ހާބްސްއެކެވެ. ނިއުޓްރޮނިސްޓެއް ކަމަށްވާ ޑޮކްޓަރ ލޮވްނީބަޓްރާ ބުނެފައިވާގޮތުން ޕާސްލީގައި ހިމެނޭ ދެމާއްދާ ކަމަށްވަ “އެޕިއޮލް” އަދި  “މައިރިސްޓިސިން”  އަކީ ރަހުމުގެ ކޮންޓްރެކްޝަން ތައްރަނގަޅުކޮށްދޭ ދެމާއްދާއެވެ.

ބޭނުންކުރާނެގޮތް: 6ގ ޑްރައި ޕާސްލީ ފަތް ހޯދުމަށްފަހު ފެނަށް އަޅައިގެން ކެއްކުމަށްފަހު ބޯށެވެ. 6ގ 3 އިރަށް ބަހާލައިގެން ފަހަރަކު 2ގ  150މލ ފެނަށް  އަޅައިގެން ބޯށެވެ.

ފަޅޯ:

ފަޅޮލަކީ މައްސަރުދުވަސްތަކުގެ މައްސަލައަށް އެންމެ ރަނަގޅު އެއްމޭވާއެވެ. ޑޮކްޓަރ ބަޓްރާ ބުނާގޮތުގައި، އެއްކޮށް ދޮންނުވެ ހުންނަ ފަޅޮލުގައި ހިމެނޭ ކެރޮޓެރީން ކިޔާ މާއްދާއިން އީސްޓްރޮޖެން ހޯމޯން އުފައްދައި ދިނުމުން މައްސަރުކަންތައް ލަސްވެފައި ތިބޭމީހުންގެ މައްސަރުކަންތައް ޖެހުން އަވަސްކޮށްދެއެވެ.

ބޭނުންކުރާނެގޮތް: ރޯފަޅޯ ބޭނުންކުރާނީ ޖޫހެއްގޮތަށް ތައްޔާރުކުރުމަށްފަހު އެވެ. 200މލ ޖޫސް ދުވަހަކު ދެފަހަރު ބޭނުން ކުރަމުން މައްސަރުދުވސްތައް ދިމާވުމުން ދެން ބޯތައްޓެއްގެ ދޮންފަޅޯ ކާށެވެ. މިފަރުވާ ހޯދަން ފެށުމުން މައްސަރުދުވސްތައް ގަވައިދުން ޖެހޭނެއެވެ.

އިނގުރު : 

 

 

އިނގުރަކީ މައްސަރުދުވަސްތަކަށް އޮތް އެންމެ ރަނަގޅު އެއްހައްލެވެ. އިނގުރުގައި ހިމެނޭ ޖާދުލެއް ކަހަލަ މާއްދާތަކުން މައްސަރުދުވސްތައް ދިމާވުމުން އަންނަ ލޭތައް އެއްވަރެއްގައި ހިފަހައްޓަދެއެވެ. އެހެން ނަމަވެސް ޕާސްލީ އާއަޅާ ކިޔާއިރު އިނގުރުގައި  އެސިޑިޓީ ކަހަލަ ބައެއް ސައިޑް އެފެކްޓް ހުރެއެވެ. ޕާސްލީ އާއި އިނގުރު މިކްސް ކޮށްގެން ސައިތައްޔާރުކޮށް ބޭނުން ކުރުމުން ރަހިމްގައި ހޫނުކަން އިތުރުކޮށް ކޮންޓްރެކްޝަން އައުމަށް މަގުފަހިކޮށްދެއެވެ. މިހެން ދިމާވުމުން އަވަހަށް މައްސަރުދުވސްތައް ޖެހެއެވެ.

ބޭނުންކުރާނެގޮތް: އިނގުރުކޮޅަކަށް މާމުއި އޭޅުމަށްފަހު ޖޫސް ތައްޔާރުކޮށްގެން ކޮންމެދުވަހަކު ހެނދުނު ހުސްގޮހޮރާހުރެ ބޯށެވެ. މައްސަރުދުވަސްތައް ޖެޖެހުންގާތްވާތާ ދުވަސްކޮޅަކުން މިފަރުވާ ދިނުމުން އަވަހަށް މައްސަލަ ހައްލުވާނެއެވެ.

ސެލެރީ: 

 

ސެލެރީ އަކީ ހުރިހާގޮތަކުންވެސް ބޭނުންކުރަން އެންމެ ރައްކާތެރި އެއްޗެކެވެ. ޑޮކްޓަރުން ބުނާގޮތުގައި ސެލެރީ ޖޫސް ބުއިމުން ވަރަށް އަވަހަށް މައްސަރުދުވސްތަކަށް ދިމާވާ މައްސަލަތައް ހައްލުވެއެވެ.

ބޭނުންކުރަނެގޮތް: ތާޒާ ސެލެރީ އިން ޖޫސްތައްޔާރުކުރާށެވެ. އެއަށްފަހު ކޮންމެދުވަހަކު ދެތަށި ބޭނުން ކުރުމުން ރަހިމްއަށް ލޭދައުރުވުން ރަނގަޅުކޮށްދީ އަވަހަށް މައްސަރުދުވަސްތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.

ކޮރިއަންޑާ ސީޑް: 

ކޮރިއަންޑާއޮށަކީ ގިނަފައިދާތަކެއް އެކުލެވޭ ސްޕައިސް އެކެވެ. އެގޮތުން  އެއްސަމްސާ ކޮރިއަންޑާ އޮށް 2 ޖޯޑުފެނަށް ކައްކާށެވެ. ފުރޭންޏަކުން ފުރާނާފައި އޮށްތައް ނަގާށެވެ. މިފެން ދުވަހަކު 3 ފަހަރު ބޯށެވެ. މިފެންބޯނީ މައްސަރުދުވަސް އާންމުކޮށް ޖެހޭދުވަހާ ގާތްކޮށްފައެވެ.