English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޮޅުމަޑުލު ދިޔަމިގިއްޔަށް ވަޑައިގެންފިއެވެ.

ރައީސް ސޯލިހް ދިޔަމިގިއްޔަށް މިއަދު ވަޑައިގެންނެވީ އެމަނިކުފާނު ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ނެވެ. ރައީސް ސޯލިހް ދިޔަމިގިއްޔަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދިޔަމިގިލީ ކައުންސިލާއި އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ދިޔަމިގިއްޔަށްފަހު އެމަނިކުފާނު ދެން ވަޑައިގަންނަވާނީ އެއަތޮޅު ބުރުންޏަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގަންނަވާ ރަށްރަށުގެ އިސްވެރިންނާއި ބައްދަލުކުރަށްވާނެ އެވެ. ރައީސް ސޯލިހްގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައި އެވެ.