English Edition
Dhivehi Edition

މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ހޮޓްލައިން ނަމްބަރު 119 އަށް މިހާރު ނުގުޅޭނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ. އެ އިދާރާއިން މިހެން ބުނީ ބުރާސްފަތި ދުވަހު އެ އިދާރާއިން ކުރި ޓުވީޓެއްގައި އެވެ.

ފުލުހުންގެ ޓުވީޓުގައި ބުނީ ހޮޓްލައިން ނަންބަރަށް ދިމާވި މައްސަލައަކާއި ގުޅިގެން އެ ނަންބަރަށް މިހާރު ނުގުޅޭ ކަމަށެވެ. އަދި އެޖެންސީކަމެއް ދިމާވެއްޖެ ޙާލަތެއްގައި 9888999 އަށް ގުޅުމަށް އެދޭ ކަމަށެވެ. އަދި ހޮޓްލައިނަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުންގެ ހޮޓްލައިނަށް މައްސަލައެއް ދިމާވެފައިވާ ވާހަކަ ފުލުހުން ބުނެފައިވާއިރު އެ މައްސަލަ ހައްލު ކުރެވޭނީ ކޮންއިރަކުން ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އަދި އެ މައްސަލަ ދިމާވީ ކިހިނެއް ވެގެން ކަމެއްކަން ފުލުހުން ނުބުނެއެވެ.