English Edition
Dhivehi Edition

ބޮލީވުޑްގެ ފިލްމީތަރި ސުޝްމީތާ ސެން އޭނާގެ އާއިލާއާއި އެކީ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެ އެވެ.

އޮންލައިން ނޫސް “ވަގުތު” ނޫހާއި ހަވާލާ ދީ އެނގިފައިވާ ގޮތުގައި ސުޝްމީތާ ރާއްޖެ އައިސްފައިވަނީ އިންޑިއާގެ އިންޑިގޯ އެއާލައިންގެ ފްލައިޓެއްގައި އިއްޔެގެ ވަގުތެއްގައެވެ. ސުޝްމީތާ ރާއްޖޭގައި މިމަހުގެ 31 ހާއި ހަމައަށް ހުންނާނެއެވެ. އަދި ސުޝްމީތާ އާއި އޭނާގެ އާއިލާ ޗުއްޓީ ހޭދަކުރަމުން ގެންދަނީ ތާޖް އެޒޯޓިކާ ރިސޯޓްގައި ކަމަށް އެ ނޫހުގައި ލިޔެފައި ވެއެވެ.

ސުޝްމީތާ އަކީ ދުނިޔޭގެ ރީތީގެ ރާނީކަން ހޯދި ފުރަތަަމަ އިންޑިޔާގެ ރައްޔިތެވެ. ސުޝްމީތާ އަށް ދުނިޔޭގެ ރީތީގެ ރާނީކަން ލިބުނީ 1994 ވަނަ އަހަރުގައެވެ. ރީތީގެ ރާނީކަން ސުޝްމީތާ އަށް ލިބުނުފަހުން އޭނާ ވަނީ އިންޑިޔާގެ ސަމާލުކަން ހޯދާފައެވެ. އަދި އެ ޤައުމުގެ ފިލްމީ ދާއިރާއަށް ވަނުމަށް އޭނާއަށް ވަނީ ހުށައެޅުންތައްވެސް ލިބިފައެވެ.

ސުޝްމީތާ ވަނީ މިއަދާ ހަމަޔަށް އެތައް ފިލްމެއް ކުޅެ ބެލުންތެރިންގެ ސަޕޯޓު ހޯދާފައެވެ. އޭނާ ވަނީ ހިންދީ ފިލްމުގެ އިތުރުން ތަމަޅަ، އަދި ބެންގާލީ ފިލްމުތައް ވެސް ކުޅެފައެވެ.