English Edition
Dhivehi Edition

އިންޑިޔާ އަށް އުފަން ނަމަވެސް މިހާރު މެލޭޝިޔާ އަށް ދިރިއުޅުން ބަދަލުކުރައްވައިގެން އުޅުއްވާ ދުނިޔޭގެ އެތަށް މިލިއަން ބައެއްގެ ލޯތްބާއި އިޙްތިރާމް ލިބިފައިވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޒާކިރް ނައިކް ދެއްކެވި ވާހަކަތައް ތަޙްގީގު ކުރާނޭ ކަމަށް މެލޭޝިޔާގެ ހޯމް މިނިސްޓަރު މުހިޔިއްދީން ޔާސީން ވިދާޅުވެއްޖެ އެވެ.

މެލޭޝިޔާގެ އާބާދީގެ 60 އިންސައްތައަކީ މުސްލިމުންނެވެ. އެކި ދީންތަކުގެ މީހުން އެ ޤައުމުގައި ދިރިއުޅެމުން ގެންދާއިރު އެމީހުން ޒާކިރް ނައިކް ފަދަ ބޮޑު ދީނީ އިލްމުވެރިޔަކު އެ ޤައުމުގައި މިނިވަންކަމާއެކު ދީނީ ދަރުސްދޭތީ ނުރުހުން ފާޅުކުރާނެކަން ޔަގީނެވެ.

މެލޭޝިޔާގެ ފުލުހުން ބުނީ ޒާކިރް ނައިކް އާއި ގުޅޭގޮތުން އެތައް ސަތޭކަ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ޤައުމުގެ ހޯމް މިނިސްޓަރ ވިދާޅުވީ ޒާކިރް ނައިކް ދެއްކެވި ވާހަކަތައް ތަޙުގީގު ކުރާނެ ކަމަށާއި އެއްވެސް މީހަކަށް ޤާނޫނަށް ވުރެ މަތީގައި ނުހުރެވޭނެ ކަމަށެވެ.

މެލޭޝިޔާގެ ފުލުހުން ވަނީ ޒާކިރު ނައިކް އެ ޤައުމުގައި ތަގުރީރު ދިނުންވެސް މަނާކޮށްފައެވެ.

1 ކޮމެންޓް
NISA
އޮގަސްޓް 28, 2019
Modi aai suvaakuriyyaa maa rangalhuvaane,mee modi genubai vegenvaa reyvumeh, maaiAllah zaakir naiku ah furihama rakkaartherikan minvarukohdhevva, zaakir aai jassaalaigen ulhey baigandu faleehaikuravvai nikamethi kuravvaashieve AAMEEN