English Edition
Dhivehi Edition

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކަށް، ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމްގެ ނަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭގެ ގަވަރުނަރުކަމުގެ މަޤާމަށް މައްޗަންގޮޅި މއ. ޑާޗާ، ޢަލީ ޙާޝިމް ޢައްޔަން ކުރެއްވުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް މިއަދު ވަނީރައްޔިތުންގެ މަޖުލީހަށް ފޮނުއްވައިފައެވެ.

ގަވަރުނަރަކަށް އަލީ ހާޝިމްގެ ނަން ފޮނުއްވީ، ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ނަސީރު މިދިޔަ މަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ޢަލީ ޙާޝިމް އަކީ 2008 އިން 2010 އަށް ރައީސް ނަޝީދުގެ ސަރުކާރުގައި މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.