English Edition
Dhivehi Edition

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ދިވެހި ރާއްޖޭގެ ކޮންސިއުލޭޓެއް އުފައްދަވައިފި އެވެ.

މިއީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
އުފެއްދެވި ތަނެކެވެ. މި ތަނަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން، ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ބެލުމުގެ ދަށުން ހިނގަމުންދާ ތަނެއް ކަމަށް ރައީސް އޮފީހުން ވިދާޅުވެފައި ވެއެވެ.

ޖިއްދާގައި ދިވެހިރާއްޖޭގެ ކޮންސިއުލޭޓެއް ރައީސުލް ޖުމްހޫރިއްޔާ އުފެއްދެވީ، ހައްޖާއި އުމްރާ އަށް ދާ ދިވެހިންނަށް ދިމާވާ ކަންތައްތަކުގައި އެހީތެރިވެދިނުމަށާއި، ޖިއްދާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށާއި، އެތަނުގައި ދިރިއުޅޭ ދިވެހިންނަށާއި، އެތަނަށް ޒިޔާރަތްކުރާ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރާއްޖެއާއި ސައުދީ އާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމުގެ ބޭނުމުގައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓަށް ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ޖައްސަވާނެ ނަމްބަރެއް ކަމުގައި ހަމަޖައްސަވާފައި ވަނީ 481 އެވެ.