ބޮލީވުޑްގައި ސަލްމާންޚާން 31 އަހަރު ފުރިހަމަކޮށްފި
4 ހަފްތާ ކުރިން
ލުބްނާ މަޖީދް މުޚުތާރް

26އޯގަސްޓަކީ ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާންހާން ބޮލީވުޑާ ގުޅުނު ތާރީޚެވެ. އިއްޔެއަކީ އޭނަ ބޮލީވުޑާ ގުޅުނުތާ 31 އަހަރު ފުރިހަމަކުރި ދުވަހެވެ. ފެށުނީސުރެ ސަލްމާން ޚާންއަކީ ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ އެންމެންގެ ލޯބިލިބިފައިވާ އަދި އެތައްބައެއްގެ ހިތްއަތުލާފައިވާ ތަރިއެކެވެ.

ސަލްމާންޚާން ބޮލީވުޑަށް ނިކުތްއަހަރު އެންމެ ފުރަތަމަ ކުޅެފައިވަނީ ރޭކާއަދި ފާރޫގާއެކު “ބީވީ ހޯތޮ އޭސީ” ކިޔާ ފިލްމެކެވެ. މިފިލްމް ރިލީޒް ވެފައިވަނީ އޯގަސްޓް 1998ވަނަ އަހަރުއެވެ. މިފިލްމްގައި ސަލްމާން ހާން ފެނިގެންދިޔަނަމަވެސް އޭނަގެ އަޑުވަނީ އެހެން ފިލްމީތަރިއެއްގެ އަޑުން ޑަބްކޮށްފައެވެ. ބީވީހޯތޯ އޭސީއަށްފަހު ސަލްމާން ބޮލީވުޑްގައި އެންމެވިދާލީ “މޭނޭޕިޔާރު ކިޔާ” ގައި ފެނިގެންދިޔަ ޕްރޭމްގެ ރޯލުންނެވެ. އޭގެފަހުން ސަލްމާން 15 ފިލްމްގައި މަސައްކަތް ކުރިއިރުވެސް ފޭނުންގެ މެދުގައި އޭނަ މަޝްހޫރުވެފައިވަނީ އޮންސްކްރީން ނަން “ޕްރޭމް” ގެ ނަމުންނެވެ.

Advt

Advertisement

ސަލްމާންހާން ކުޅެފައިވާ މަދުފިލްމް ތަކެއް ފްލޮޕްވިނަމަވެސް އޭނަ މިހާރުކުޅެމުންދާ ކޮންމެފިލްމެއްވަނީ ބޮޑު ހިޓަކަށެވެ. މުޅިބޮލީވުޑްގައި ރީތި،އަދި އަހްލާގް އެއްވަރެއްގައި މިހާރު ހިފަހައްޓަމުން އަންނަ ސަލްމާން ހާނަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބޭ ނިކަމެތިންނަށް އެހީވުމުގައި ލާމިސަލު ނަމޫނާއެކެވެ. އޭނަވަނީ “ބީންހިއުމަން” ކިޔާ ފައުންޑޭޝަނެއް ހުޅުވާފައެވެ. 2007 ވަނަ އަހަރު ހުޅުވި މި ފައުންޑޭޝަނުން ދަނީ އިންޑިއާގެ ނިކަމެތި އާއިލާތަކަށް އެހީވަމުންނެވެ. އެގޮތުން އޭނާދަނީސިއްޙީފަރުވާ އަށާއި ތައުލީމު އުނގެނުމަށް އެހީ ބެނުންވާ މީހުންނަށް އެހީ ފޯރުކޮށްދެމުންނެވެ.

މިހާރު އުމުރުން 54 އަހަރުވެފައިވާ ސަލްމާންގެ ހިތްވަނީ އެތައް ފޭނުންނެއް އަތުލައިފައެވެ. ބޮލީވުޑްގެ އެންމެރީތި ފިރހެން ތަރިންގެ ތެރޭގައި ހިމެނޭ ސަލްމާންވަނީ ބޮލީވުޑްގެ ބައެއް ރީތި އަންހެން ތަރިންނާ ލޯބީގެގޮތުން ގުޅިގެން އުޅެފައެވެ. އެހެން ނަމަވެސް އަދިވެސް ކައިވެންޏެއް ކޮށްފައިނުވާ އިރު ސަލްމާން ކައިވެންޏެއްކުރަނީ ކޮންދުވަހަކު ތޯ ކުރެވޭސުވާލުގެ ޖަވާބު އަދިމިހާތަނަށް އޭނަ ދީފައެއް ނުވެއެވެ.

ސަލްމާން އެންމެ ފަހުން ފެނިގެންގޮސްފައި ވަނީ މިދިޔަ އީދުގައި ނެރުނު ފިލްމު “ބާރަތު” އިންނެވެ. އެފިލްމުގައި އޭނާއާއެކު ކެޓްރީނާ އާއި ތާބޫ އަދި ދިޝާ ޕަޓާނީ ވެސް ފެނިގެންދިޔައެވެ.ސަލްމާން މިހާރު އަންނަނީ ދަބަންގު 3 ގެ މަސައްކަތް ވެސް ކުރަމުންނެވެ.