English Edition
Dhivehi Edition

ލިޔުނީ: އާމިނަތު މަލްޙާ ނަސްރުﷲ/ ހިތަދޫ ސްކޫލް

އިންޓަނޭޝަނަލް ޓީޗާރސް ކޮންފަރެންސް 2019 މިފަހަރު އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައި ވުމާއިއެކު މި އިވެންޓަކީ ރަށަށް ގިނަ އަދަދެއްގެ މެހެމާނުން ޒިޔާރަތްކުރާނެ ޙަރަކާތަކަށްވާތީ ހިތަދޫ ސްކޫލުން ވަނީ ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމްއެއް ބޭއްވުމަށް ރާވާފައެވެ. މި ޕްރޮގްރާމްގެ މަގްސަދަކީ ރަށުތެރެ ސާފުކޮށް ބޭއްވުމަށާއި ސްކޫލް ކުދިންނާއި މުޖުތަމަޢުގެ އެންމެހާ މީހުން އެކަމުގެ މުހިއްމުކަމާއިމެދު ހޭލުންތެރިކުރުމަށެވެ.

ސާފުކުރުމުގެ މިޕްރޮގްރާމުގައި ބައިވެރިވާނީ ހިތަދޫ ސްކޫލްގެ ކެޑޭޓުން،ބޭންޑް ކުދިން، ގާރލް ގައިޑުން، ސުކޫލްގެ މުވައްޒަފުން، ބެލެނިވެރިން، ޓީޗަރުން، އަދި ސްކޫލްގެ މެނޭޖްމެންޓެވެ. މިސާފުކުރުމުގެ ޕްރޮގްރާމު ފަށަން ހަމަޖެހިފައިވަނީ މިއަދު ހަވީރު 3:45 ގައެވެ. މިޕްރޮގްރާމުގައި ސާފުކުރުމަށް ހަމަޖެހިފައިވަނީ ފަތާ ޓްރެކް ސަރަހައްދާއި، ހަންކެޑެ ބްރިޖް ސަރަހައްދާއި އަދި ނޫރާނީ ސްކޫލް ކުރިމަތިން ގާޑިޔާ ސަރަހައްދެވެ.

މިޕްރޮގްރާމުގައި ސްކޫލް ދަރިވަރުންގެ އިތުރުން ބެލެނިވެރިންނަށްވެސް ވަނީ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. ކުރިއަށް އޮތްތާގައިވެސް ސްކޫލުން މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު މީގެ އެންމެ ބޮޑު އެއް މަގުސަދަކީ މުޖްތަމައުގެ އެންމެންވެސް މިފަދަ ކަންކަމަށް ހޭލުންތެރިކުރުމެވެ.