English Edition
Dhivehi Edition

އިދިކޮޅު ޕާޓީ ޕީއެންސީ އާއި ޕީޕީއެމްގެ މެމްބަރުން މިއަދު އިސްތިއުފާ ދީ ސަރުކާރުގެ ކޯލިޝަން ޕާޓީތަކާއި ގުޅޭކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ޕީއެންސީ އިން މިއަދު އިސްތިއުފާ ދިނީ އެ ޕާޓީގެ ނައިބް ރައީސް އަދި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހަސަން މަނިކުއެވެ. ޕީއެންސީ ގައި އިސްކޮށް އުޅުއްވުމަށްފަހު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާއަށް ކުރިމަތި ލައްވައި ނިހާން ވަނީ ނާކާމިޔާބު ވެފައެވެ. އަދި ސިޔާސީ ދާއިރާގައި ނިހާންގެ އަޑެއް އިއްޔެ އާއި ހަމަޔަށް ވެސް ނީވެއެވެ.

ނިހާން ޖުމްހޫރީ ޕާޓީއާއި ގުޅޭކަމުގެ ޙަބަރު މިހާތަނަށްވެސް ޖުމްހޫރީ ޕާޓީން ދޮގު ކޮށްފައި ނުވާއިރު ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ، މިރޭ ގިނަ ބަޔަކު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރުމަށް ބާއްވާ ރަސްމިއްޔާތެއް 9:00 ގައި އޮންނާނެ ކަމަށެވެ. އޭގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

“ހައި ޕްރޮފައިލް ގިނަ ބަޔަކު މިރޭ ސޮއިކުރައްވާނެ”. ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވިއެވެ.ސޯލިޙު މިހެން ވިދާޅުވިއިރު ނިހާން ގެ އިތުރުން ކުރީ ދައުރުގައި އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އިބްރާހިމް ފަލާހް،އާއި ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ހަލީލާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް ވެސް މިރޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމާފައިވާ ކަމަށް އިތުބާރު ހުރި މަސްދަރަކަުން ވަނީ ޚަބަރު ލިބިފައެވެ.

ގިނަ މެމްބަރުން ތަކެއް މިރޭ ޖުމްހޫރީ ޕާޓީއާއި ގުޅޭތީ ސަރުކާރުގެ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ސަޕޯޓަރުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.