މޫނުގައި ހުންނަ ބިހިތައް އެންމެ އަވަހަށް ރަނގަޅުކޮށްދޭނެ 3 ގޮތް
4 ހަފްތާ ކުރިން
ލުބްނާ މަޖީދް މުޚުތާރް

އަޅުގަނޑުމެން އުޅެމުންދަނީ ހޫނުގައުމެއްގައި ކަމަށް ވުމުން ދާހިއްލާ މޫނުތެޔޮ ވުމުގެ މައްސަލަ ދިމާވެ މޫނުގައި ބިހިނަގައެވެ. ވަރަށް ގިނަމީހުންނަކީ މިމައްސަލައާދިމާވެ އެކަމުގެ އުނދަގުލާއި ލަދު ތަހައްމަލް ކުރަމުންދާ މީހުންނެވެ. ބައެއްފަހަރު މުޅިމޫނުގައި ބޮޑެތި ބިހިތައްނަގާ މޫނު ހަޑިވުމުން މީހުންގެ ތެރެއަށް ނިކުންނަން ލަދުގަންނަފަހަރުވެސް އާދެއެވެ. މޫނުގައި ނަގާބިހި ކޮންޓްރޯލް ކޮށް މޫނު ސާފުކޮށް ރީތިކޮށް ބަހައްޓަން އެނގުމަކީ މިފަދަ ކަންކަމުން ސަލާމަތްވެވިދާނެ އެންމެ މޮޅުގޮތެވެ. ތިރީގައި މިވަނީ އެންމެ އަވަހަށް މޫނުގައި ނަގާބިހިތަކުން ސަލާމަތްކުރެވިދާނެ 3 ގޮތެވެ.

ޓީޓްރީ އޮއިލް/ އަލޮވެރާޖެލް:

Advt

Advertisement

ޓީޓްރީ އޮއިލް އަކީ އޭގައި އެންޓިބެކްޓީރިއަލް އަދި އެންޓިފަންގަލް މާއްދާތައް އެކުލެވޭއެއްޗެކެވެ. މިމާއްދާތަކަކީ މޫނުގައި ނަގާބިހިތަކުން މޫނުގައި ހުންނަ އިންފްލެމޭޝަންތައް އެންމެ އަވަހަ ރަނގަޅުކޮށްދޭ މާއްދާތަކެކެވެ. އަލޮވެރާޖެލް އަކީ މޫނުގައި ބިހިތައް ނެގުން ދުރުކޮށްދޭ އަދި މޫނުގެ ހަންގަނޑު އާކޮށްދީ އޮމާންކޮށްދޭ އެއްޗެކެވެ. އަލޮވެރާޖެލް އައި ޓީޓްރީ އޮއިލް މިދެބާވަތް އެއްކޮށް ބޭނުން ކުރުމުން މޫނުގެ ހަންގަނޑުގައި ހުންނަ ބެކްޓީރިއާ  އަވަސް މުއްދަތެއްގައި ނައްތާލައެވެ. އެންމެ ފުރަތަމަ އެންޓި ޕިމްޕަލް ފޭސްވޮޝް އަކުން މޫނުދޮވެލާށެވެ. ދެން ޓީޓްރީއޮއިލް އާއި އަލޮވެރާޖެލް އެއްކުރުމަށްފަހު ކަފަކޮޅަކުން، މޫނުގައިނަގާފައި ހުރި ބިހިތަކުގައި އުނގުޅާށެވެ. މިގޮތަށް ހެދުމަށްފަހު މޫނުދޮވެލާފައި އަނެއްކާ ދެގަޑިއިރުފަހުން މޫނުގައި މިޕޭސްޓް އުނގުޅާށެވެ.

ޓޫތްޕޭސްޓް:

ދަތްއުނގުޅާބޭހުގައި ހުންނަ މާއްދާތަކަކީ ބެކްޓީރިއާތައް މަރާލަދޭ އަދި ބިހިތައް ރަނގަޅުކޮށްދޭ މާއްދާތަކެކެވެ. ރޭގަނޑު ނިދުމުގެ ކުުރިން އެންޓި ޕިމްޕްލް ފޭސްވޮޝް އަކުން މޫނުދޮޮވެލަފައި މޫނުގައި ބިހިނަގާފައި ހުރި ސަރަހައްދުގައި ދަތްއުނގުޅާ ބޭސް އުނގުޅާށެވެ. ރޭގަނޑު މިޕޭސްޓް އުނގުޅުމަށްފަހު މޫނު ދޮންނާނީ އަނެއްދުވަހު ހެންދުނުތެދުވެއެވެ. ނޯޓް: މޫނުގައި އުނގުޅަން ބޭނުންކުރާނީ ހުދުކުލައިގެ ދަތްއުނގުޅާބޭހެވެ.

އައިސްކިއުބް: 

މޫނުގައި ބިހިނަގާ ރިއްސާނަމަ އައިސްކިއުބް އެއް ފޮތިކޮޅެއްގައި އޮޅާފައި މޫނުގައި ހުރި ބިތަކުގެ މަތީގައި ޖައްސާފައި 4 ވަރަކަށް މިނެޓްވަންދެން މަސާޖްކޮށްލާށެވެ. މިގޮތަށް މަސާޖް ކުރާނީ ތަދުފިލަންދެންއެވެ.