English Edition
Dhivehi Edition

އެއް އަހަރު ތެރޭގައި 3 ފަހަރަށްވުރެ އިތުރަށް ބޮޑު އަގުގައި(ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށްވުރެ އިތުރަށް) ޓެކްސީ ދަތުރުކޮށްފިނަމަ އެމީހެއްގެ ދުއްވުމުގެ ހުއްދަ ބާތިލްކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ. ޓްރާންސްޕޯރޓް މިނިސްޓްރީން މިހެން ބުނީ އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި އެވެ.

ޓްރާންސްޕޯރޓް މިނިސްޓްރީއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެއް އަހަރު ތެރޭގައި ތިންފަހަރަށް ވުރެ ގިނަ ފަހަރު އަގުބޮޑުކޮށް ޓެކްސީ ކޮށްފިނަމަ ޓެކްސީ ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލުކުރެވޭނެ ކަމަށެވެ.

އަދި އެއް އަހަރު ދުވަހުގެ ތެރޭގައި ތިންފަހަރަށްވުރެ އިތުރަށް އެފަދަ ކުށެއް ތަކުރާރުކޮށްފިނަމަ  އެ ފަރާތެއްގެ ޓެކްސީ ޚިދުމަތް ދިނުމުގެ ލައިސަންސް ބާޠިލްކުރެވޭނެކަން އާއްމުކޮށް އަންގާ ކަމަށް  ޓްރާންސްޕޯޓް މިނިސްޓްރީކުރި އިޢުލާނެއްގައި ބުނެފައި ވެއެވެ.

ޓްރާންސްޕޯރޓް މިނިސްޓްރީން މިގޮތަށް އިއުލާން ކޮށްފައި މިވަނީ ޓެކްސީ ދަތުރުތައް އެ މިނިސްޓްރީން ކަނޑައަޅާފައިވާ ރޭޓުން ނުކުރާ ފަރާތްތައް ގިނަވެފައިވާ ދަނޑިވަޅެއްގައި އެވެ. ޓްރާންސްޕޯރޓް މިނިސްޓްރީން ކަނޑައެޅި އަގަށްވުރެ ބޮޑު އަގުގައި ޓެކްސީ ކުރާ ފަރާތްތަކުގެ ވާހަކަ ސޯޝަލް މީޑިޔާގައިވެސް ދަނީ ދެކެވެމުންނެވެ. ބައެއް މީހުން ދަނީ އެފަދަ ފަރާތްތަކުގެ ކާރު ނަންބަރު ވެސް ސޯޝަލް މީޑިއާގައި ފަތުރަމުންނެވެ.